April 17, 2026
Advertisement
ޑރ. މުހައްމަދު ޝަހީމު އަލީ ސައީދު
ޑރ. މުހައްމަދު ޝަހީމު އަލީ ސައީދު / ދަ އެޑިޝަން

ޝަރުއީ އުސޫލުތަކާ އެއްގޮތަށް، ނަގުދު ފައިސާ ވަގުފު ކުރެވޭނެ ނިޒާމެއް ގާއިމުކޮށްފި

Mar 20, 2025, 10:15 PM
މާލެ ސިޓީ

ޝަރުއީ އުސޫލުތަކާ އެއްގޮތަށް، ނަގުދު ފައިސާ ވަގުފު ކުރެވޭނެ ނިޒާމެއް އިސްލާމިކް މިނިސްޓްރީން ގާއިމްކޮށްފިއެވެ.

Advertisement

ވަގުފު ފަންޑުން ހޭދަކުރުމުގެ އުސޫލު އެކުލަވާލައި، އާންމު ކޮށްފައިވާއިރު އެކަމާ ގުޅިގެން އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް ވިދާޅުވީ ފަންޑު ފަށަނީ 15 މިލިޔަން ރުފިޔާއާއެކު ކަމަށެވެ.

އެގޮތުން ވަގުފު ފަންޑަށް ސޮދަގާތާއި ހައިރާތާއި ހިބައާއި ވަސިއްޔަތުގެ ގޮތުން ދޭ ހަދިޔާ ވެސް ބަލައިގަންނަނާނެކަން ހާމަކުރައްވާ މިނިސްޓަރު ޝަހީމް ވިދާޅުވީ ނަމަވެސް އެ ބައިތައް ފަންޑުގެ ތެރޭގައި ބަލަހައްޓާނީ ނަގުދު ފައިސާގެ ވަގުފާ ވަކިން ކަމަށެވެ.

މީގެ އިތުރުން ނަގުދު ފައިސާގެ ވަގުފުން އިންވެސްޓްކޮށް އޭގެ ސާފު ފައިދާއިން އިސްލާމީ ދާއިރާތަކަށް ހޭދަކުރަން ނިންމާފައިވާ ކަމަށާއި ދިވެހި ރައްޔިތުންގެ ތެރެއިން މާތް ﷲގެ މަގުގައި ނަގުދު ފައިސާ ވަގުފުކުރަން ބޭނުންވާ ފަރާތްތަކަށް އެ ފުރުސަތު ވެސް ހުޅުވިފައިވާ ކަމަށް މިނިސްޓަރު ހާމަކުރައްވާފައިވެއެވެ.

ބުދަ ދުވަހު އާންމުކުރި ވަގުފު އުސޫލުގައި ވާގޮތުން އުސޫލުގެ މަގުސަދު ހާސިލް ކުރުމަށް 7 މެމްބަރުންގެ ކޮމިޓީއެއް އުފައްދަން ޖެހެއެވެ. އަދި ފަންޑަށް ޝަރުއީ ލަފާދޭ ކޮމިޓީއެއް ވެސް އޮންނަން ޖެހެއެވެ. އެ އުސޫލުގައި ނެތް ކަމެއްނަމަ ގޮތް ނިންމަން ޖެހެނީ އެ ކޮމިޓީންނެވެ. ނަމަވެސް މި ކޮމިޓީ އެކުލަވާނެ ގޮތުގެ ތަފްސީލެއް މިނިސްޓްރީން އަދި ހިއްސާކޮށްފައިނުވެއެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved