ހޫނު ހަބަރު / ތޭރަ އޮންލައިން
ހަބަރު
ކުރީގެ ކޮންޓްރޯލާރ އޮފް އިމިގްރޭޝަންސް ޝައްމާން ހައްޔަރުކޮށްފި
21 މާރިޗު 2025
މާލެ ސިޓީ

ކުރީގެ ކޮންޓްރޯލާރ އޮފް އިމިގްރޭޝަންސް ޝައްމާން ވަހީދު ފުލުހުން ހައްޔަރުކޮށްފިއެވެ.

އޭނާ ހައްޔަރުކޮށްފައިވަނީ ދާދި ދެންމެ އަކުއެވެ.

ތޭރަ އޮންލައިނަށް މައުލޫމާތު ލިބިފައިވާ ގޮތުގައި ޝައްމާން ހައްޔަރުކޮށްފައިވަނި އޭނާ ދިރިއުޅޭ ގެ ބަލާފާސްކުރުމަށް ފަހު ފުލުހުން ގެންދިޔަ ތަކެތީގެ އިންވެންޓްރީގައި ސޮއިކުރުމަށް މިރޭ ހެންވޭރު ޕޮލިހަށް ހާޒިރުވާން އެންގުމުން އެ ސްޓޭޝަނަށް ހާޒިރުވުމުންނެވެ.

އިންވެންޓްރީގައި ސޮއިކުރުމަށް ހާޒިރުވުމުން ޝައްމާން ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސް ހައްޔަރުކުރިކަން ޝައްމާނަށް އެންގީ ކަމަށް ވަނީ މައުލޫމާތު ލިބިފައެވެ.

ބެލެވޭ ގޮތުގައި ޝައްމާން ހައްޔަރުކުރީ ކަމުގެ ހަގީގަތް މީޑިޔާތަކަށް ތިލަކުރާނެތީއެވެ.

ފުލުހުން ޝައްމާން ހައްޔަރުކޮށްފައި މިވަނީ ޝައްމާން ދިރިއުޅެމުން ދިޔަ ގެ ބަލާ ފާސްކުރުމަށް ފަހު ބަޔާނެއްވެސް މިރޭ ނެރުމަށް ފަހުއެވެ.

ފުލުހުން ނެރުނު ބަޔާނުގައި ބުނެފައިވާ ގޮތުގައި، ޝަމްއާން ވަހީދު އަދި އެ ހިދުމަތުގެ އިތުރުން އޮފިސަރުންތަކަކަށް ތުހުމަތުކޮށް ބަލަމުންދަނީ އެ ހިދުމަތުން ބަންދުކުރި ބިދޭސީއަކު ދޫކޮށްލާ އޭނާގެ އަތުން ގިނަ އަދަދެއްގެ ފައިސާ ނެގި މައްސަލައެއް ކަމަށެވެ.

ކޮމެންޓު
ކޮމެންޓްތައް
Copyright © 2013-2025 Media Ring Pvt Ltd.
All rights reserved