މަލީހް / ތޭރަ އޮންލައިން
ހަބަރު
އެންސްޕާއިން 38މިލިއަން ރުފިޔާގެ ވައްކަމެއް ކުރިއިރު ހީނާ އަދިވެސް ފްރީ ބާރޑެއް ގޮތުގައި
Qudhrathullah Ameen
ގުދުރަތުﷲ އަމީން
22 މާރިޗު 2025
މާލެ ސިޓީ

އެންސްޕާއިން 38މިލިއަން ރުފިޔާގެ ވައްކަމެއް ކުރިއިރު ހީނާ އަދިވެސް ފްރީ ބާރޑެއް ގޮތުގައި ހުރި ކަމަށް ޕީޕަލްސް ނެޝަނަލް ފްރޮންޓް (ޕީއެންއެފް)ގެ ސެކެރެޓަރީ ޖެނެރަލް މުހައްމަދު މަލީހު ސިފަކޮށްފި އެވެ.

އިމިގްރޭޝަން ކޮންޓްރޯލަރުގެ މަގާމުގައި ކުރިން ހުންނެވި މުހައްމަދު ޝައްމާން ވަހީދު ހައްޔަރު ކުރުމާއި ގުޅިގެން ކުރެއްވި ޕޯސްޓެއްގައި މަލީހު ވިދާޅުވީ، އެންސްޕާއިން 38މިލިއަން ރުފިޔާގެ ވައްކަމެއް ކުރިއިރު ހީނާ އަދިވެސް ފްރީ ބާރޑެއް ގޮތުގައި ކަމަށެވެ.

ޝައްމާން ދެފަހަރަކު ފުލުހަށް ގެންގޮސްފަ ހައްޔަރު. މިއީ ޤާނޫނު ތަންފީޒު ކުރުމުގައި ގެންގުޅޭ ދެފުށް ކެހެރިކަން. ގެންގުޅޭ ދެމިންގަނޑު. ކޮބާ ފަޒުލު. ކޮބާ އެމްޕީއެލް. ކޮބާ ފެނަކަ؟ ކޮބާ މިފްކޯ؟

- މަލީހް ސުވާލު ކުރެއްވި އެވެ.

މަލީހު މިފަދައިން ވިދާޅުވެފައިވާއިރު، ޝައްމާން ކޮންޓްރޯލާ އޮފް އިމިގްރޭޝަންގެ މަގާމުން ވަކިކުރެއްވީ ކޮރަޕްޝަންގެ ތުހުމަތުތަކެއް ކުރައްވާއެވެ. މިއީ މިފަހަކަށް އައިސް ރައީސް މުއިއްޒު ހިތްޕުޅާ ނުވާ ހިސާބުން އެކި މުއައްސަސާތަކާ ކުންފުނިތަކުގެ ވެރިން ވަކިކުރުމަށް ގެންގުޅުއްވާ ވޮއްގަނޑެއްގެ ގޮތުގައި ގިނަ ރައްޔިތުން ސިފަކުރެއެވެ.

ނަމަވެސް އެންސްޕާއިން 35 މިލިއަން ރުފިޔާ ނަގައިގެން އެމްއެމްޓީވީ ހެދުމުން އެ ކުންފުނީގެ ސީއީއޯ އަށް ފިޔަވަޅުއަޅައިފަ ނުވުމުން ގިނަބައެއްގެ ފާޑުކިޔުން ސަރުކާރަށް ވަނީ އަމާޒުވެފަ އެވެ. އަދި އެޗްޑީސީން ވަގު ގޯތި ވިއްކައިގެން ވަޒީފާއިން ކަނޑާލި ފަޒުލް ވެސް މިނިވަންކަމާއިއެކު އުޅެމުންދާތީ ގާނޫނޫ އަރާ ހަމަކުރަނީ ވަކި ބަޔަކާތޯ ރައްޔިތުން މިއަދު އަންނަނީ ސުވާލުކުރަމުން ނެވެ.

އެންސްޕާގެ އޮފީސް ހިންގަން، ރައީސް މުއިއްޒުގެ މަސްލަހަތު އޮތް މޯލްޑިވްސް މީޑިއާ ހައުސިން އޮފީސް އިމާރާތެއް ކުއްޔަށް ދީފައި ވަނީ މަހަކަށް 580،000ރ. އަށެވެ. އެއީ ފަސް އަހަރަށް 34.8 މިލިއަން ރުފިޔާ އެވެ.

މި މައްސަލަ އޭސީސީންވެސް ދަނީ ބަލަމުންދާއިރު މިކަން ރައީސުލްޖުމްހޫރިއްޔާގެ ސަމާލުކަމަށް އައިސްފައިނުވާ ކަމަށް އެމަނިކުފާނު ވަނީ މީގެކުރިން މީޑިޔާއަކަށް ވިދާޅުވެފައެވެ. ރައީސް މުއިއްޒު ޑިސެމްބަރު 22، 2024 ގައި ވިދާޅުވީ މައްސަލަ އެމަނިކުފާނާ ހިސާބަށް އަދި ނާންނަ ކަމަށެވެ.


ކޮމެންޓު
Copyright © 2013-2025 Media Ring Pvt Ltd.
All rights reserved