March 15, 2026
Advertisement
ބޯކޮށް ވާރޭވެހި މާލޭ މަގުމަތީގައި ފެންބޮޑުވެފައި
ބޯކޮށް ވާރޭވެހި މާލޭ މަގުމަތީގައި ފެންބޮޑުވެފައި / ދައުރު

ރާއްޖޭގެ އެކި ސަރަހައްދުތަކަށް ގުގުރުމާއެކު ވިއްސާރަ ކުރާނެ: މެޓް އޮފީސް

Hussain Nawaf
ހުސައިން ނަވާފް
Mar 23, 2025, 04:56 AM

ރާއްޖޭގެ އެކި ސަރަހައްދުތަކަށް ގުގުރުމާއެކު ވިއްސާރަ ކުރާނެ ކަމަށް ގައުމީ މޫސުމާ ބެހޭ އިދާރާ މޯލްޑިވްސް މިޓިއޮރޮލިޖިކަލް ސާވިސަސް މެޓު އޮފީހުން ލަފާކޮށްފިއެވެ.

Advertisement

އުތުރުގެ އަތޮޅުތަކާއި މެދު ރާއްޖެ ތެރެއަށް އިރުއުތުރާއި އިރުން ގަޑިއަކު 3 މޭލާއި 13 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެކަމަށް މެޓުންވަނީ ލަފާކޮށްފައެވެ.

މެދު ރާއްޖެތެރޭ މޫސުން ލަފާކޮށްފައިވާ މޫސުން
މެދު ރާއްޖެތެރޭ މޫސުން ލަފާކޮށްފައިވާ މޫސުން

ކަނޑުތައް އާދައިގެ ވަރަކަށް މަޑުވާނެކަމަށް ލަފާކޮށް ރާޅުތަކުގެ އުސްމިން 1-3 ފޫޓުގައި ހުންނާނެ ކަމަށް ވެސް އެ އިދާރާއިން ލަފާކޮށްފައިވެއެވެ.

ނިމުނު ހަފްތާ އަކީ ރާއްޖޭގައި އިހުސާސްކުރެވުނު ހޫނުމިން ވަރަށް މައްޗަށް ދިޔަ ހަފްތާއެއްކަން ފާހަގކޮށްލެވެއެވެ. ނަމަވެސް އިއްޔެއިން ފެށިގެން ރާއްޖޭގެ އެކި ސަރަހައްދުތަކަށް ވިއްސާރަ ކުރަމުން އެބަދެއެވެ.

ވިއްސާރައިގެ ސަބަބުން އެއްވެސް ގެއްލުމެއް ލިބޭނަމަ އެކަން ކަމާބެހޭ އިދާރާތަކަށް ވަގުތުން އެންގުމަށް ވެސް މެޓުންވަނީ އިރުޝާދު ދީފައިވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved