April 16, 2026
Advertisement
ފަލަސްތީނުގެ ހުޅަނގު އައްސޭރީގައި އިޒްރޭލު ސިފައިން ގެއެއް ތަޅާލާފައި:
ފަލަސްތީނުގެ ހުޅަނގު އައްސޭރީގައި އިޒްރޭލު ސިފައިން ގެއެއް ތަޅާލާފައި: / އޭއެފްޕީ

ހުޅަނގު އައްސޭރީގެ އިތުރު ސަރަހައްދެއް ސަހްޔޫނީންގެ ބައެއްގެ ގޮތުގައި ކަނޑައަޅައިފި

Qudhrathullah Ameen
ގުދުރަތުﷲ އަމީން
Mar 24, 2025, 11:44 PM
މާލެ ސިޓީ

ހުޅަނގު އައްސޭރީގެ އިތުރު ސަރަހައްދެއް ސަހްޔޫނީންގެ ބައެއްގެ ގޮތުގައި ކަނޑައަޅައިފި އެވެރިންގެ ކެބިނެޓުން ނިންމައިފި އެވެ.

Advertisement

މި ނިންމުމާ އެކު ފަލަސްތީނުގެ ފޮރިން މިނިސްޓްރީން އަދި ފަލަސްތީނުގެ މިނިވަން ކަމަށް ޖިހާދު ކުރާ ހަމާސްއިން ވަނީ ބައިނަލްއަގުވާމީ ގާނޫނުތަކަށް ގޮންޖަހައި ސަހްޔޫނީން ބިންތައް ފޭރުނު މައްސަލަ ކުށްވެރިކޮށްފަ އެވެ.

އަދި މިއީ ފަލަސްތީނު ރައްޔިތުންގެ ބިންތައް ފޭރިގަތުމަށް ބައިނަލްއަގުވާމީ އިންސާނީ ގާނޫނުތަކާ ޚިލާފަށް ސަހްޔޫނީން ހިންގާ ނަސްލީ އިސްތިއުމާރީ މަޝްރޫއެއް ކަމަށްވެސް އެކަން ކުށްވެރިކޮށް ފަލަސްތީނުގެ ފޮރިން މިނިސްޓްރީން އަދި ހަމާސްއިން ނެރުނު ބަޔާން ތަކުގައިވެ އެވެ.

ސަހްޔޫނީން 1967 އިން ފެށިގެން ހުޅަނގު އައްސޭރި ހިފައިގެން ތިބޭއިރު އެއީ ފަލަސްތީނުގެ ތިން މިލިއަނެއްހާ މީހުންގެ ވަޒަނެވެ. ފަލަސްތީނުން ރިޕޯޓުކޮށްފައިވާ ގޮތުގައި 2024 ވަނަ އަހަރު ނިމުނުއިރު 770،000 ސަހްޔޫނީން ރައްޔިތުން ހުޅަނގު އައްސޭރީގައި ގަވާއިދާ ހިލާފަށް ދިރިއުޅެމުން ދިޔައެވެ.

އެތަނުގައި ސަހްޔޫނީންގެ 500،000 މީހުން އުޅޭއިރު ބައިނަލްއަގުވާމީ ގާނޫނުތަކުގެ ދަށުން އެއީ ޣައިރު ގާނޫނީ އާބާދީތަކެކެވެ.

ސަހްޔޫނީންގެ އާބާދީ އިތުރުކޮށް އެބައިމީހުން ރުއްސަން ސަހްޔޫނީންގެ ކެބިނެޓުން ފާސްކުރި 13 އާބާދީތައް ހުރީ ހުޅަނގު އައްސޭރީގެ އެކި ހިސާބުތަކުގަ އެވެ. އޭގެ ތެރެއިން ބައެއް ސަރަހައްދުތައް ބޮޑެވެ. އަދި ވަކިވަކިން ހުރި ކުދި ސަރަހައްދުތައް ވެސް ހިމެނެ އެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved