

މާލެ ސަރަހައްދުގައި މި އަހަރުގެ ފިތުރު އީދު ނަމާދު ބޮޑު ޖަމާއަތުގައި ކުރުން އޮންނާނެ ކަމަށް އިސްލާމިކް މިނިސްޓްރީން މިއަދު ބުނެފި އެވެ.
އިސްލާމިކް މިނިސްޓްރީން ކޮށްފައިވާ އިއުލާނެއްގައިވާ ގޮތުން، މާލެ، ވިލިމާލެ އަދި ހުޅުމާލޭގައި ބޮޑު ޖަމާއަތުގައި މިފަހަރުގެ އީދު ނަމާދު ކުރުމުގެ އިންތިޒާމުތައް ވަނީ ހަމަޖައްސާފަ އެވެ. އީދު ނަމާދު ފަށާނީ ހެނދުނު 7 ޖަހާއިރު އެވެ.
ބޮޑު ޖަމާއަތް ބޭއްވުމަށް ހަމަޖެހިފައި ވަނީ:
މާލޭ މާފަންނު ސްޓޭޑިއަމް
ވިލިމާލޭ ފުޓްބޯޅަ ދަނޑު
ހުޅުމާލޭ ސިންތަޓިކް ޓްރެކް
ހުޅުމާލޭ ދެވަނަ ފިޔަވަހި ކްރިކެޓް ސްޓޭޑިއަމް
ބޮޑު ޖަމާއަތުގެ އިތުރުން 24 މިސްކިތެއްގައި އީދު ނަމާދު ކުރުމަށް ވަނީ ހަމަޖައްސައިފައެވެ.
އެގޮތުން މާލޭގައި އީދު ނަމާދުކުރާނެ މިސްކިތްތަކަކީ:
މަސްޖިދުއްސުލްޠާން މުޙައްމަދު ތަކުރުފާނުލްއަޢްޡަމް (އިސްލާމީ މަރުކަޒު)
މަސްޖިދުލްމަލިކި ސަލްމާން
މަސްޖިދުލްފުރުޤާން
މަސްޖިދުއްނޫރު
މަސްޖިދުއް ޝަޙީދު ޢަލީ
މަސްޖިދުއްސުލްޠާން ޙަސަން ޢިއްޒުއްދީން (ޠައިބާ މިސްކިތް)
މަސްޖިދުއްސުލްޠާނު މުޙައްމަދު ފަރީދުލްއައްވަލު (ދުބުރި މިސްކިތް)
މަސްޖިދު ޝަހީދު ޢަބްދުއްރަޙްމާން (ފަނޑިޔާރު މިސްކިތް)
މަސްޖިދުއްސުލްޠާން މުޙައްމަދު ޝަމްސުއްދީން (ބަންޑާރަ މިސްކިތް)
މަސްޖިދު ޞަލާޙުއްދީން
މަސްޖިދު ޖަލާލުއްދީން
މަސްޖިދު އިބްރާހީމް
މަސްޖިދު އިސްކަންދަރު
ވަގުތީ މިސްކިތް (ބޮޑުގެ)
މަސްޖިދުއްސުލްޠާނު މުޙައްމަދު ޢިމާދުއްދީން (ރަންމިސްކިތް)
މަސްޖިދުއްޝައިޚް މުޙައްމަދު ޖަމީލް ދީދީ (ފައިފުހޭ މިސްކިތް)
މާފަންނު އާމިސްކިތް
ހުޅުމާލޭގައި އީދު ނަމާދު ކުރުމަށް ހަމަޖައްސާފައިވާ މިސްކިތްތަކަކީ:
މަސްޖިދުއްޝައިޚް ޤާސިމް ބިން މުޙައްމަދު އާލް ޘާނީ (ހުޅުމާލެ ފޭސް 1)
މަސްޖިދު ރަޝީދު (ހުޅުމާލެ ފޭސް 1)
މަސްޖިދު ޢަޒީޒާ މޫސާ (ހުޅުމާލެ ފޭސް 1)
ހުޅުމާލެ ބޮޑުޖަމާޢަތް (ކުރިކެޓް ސްޓޭޑިއަމް) (ހުޅުމާލެ ފޭސް 2)
މަސްޖިދު ޙަސަން އާދަމް (ހުޅުމާލެ ފޭސް 2)
މަސްޖިދު އަބީބަކުރިނިއްޞިއްދީޤް (ފޭސް 2 ހުޅުމާލެ)
ބޮޑު ޖަމާއަތުގެ އިތުރުން ވިލިމާލޭގައި އީދު ނަމާދު ކުރާނީ މަސްޖިދުއްސަލާމްގައެވެ.
މޫސުން ގޯސްވުމާ ގުޅިގެން ބޮޑު ޖަމާތުގައި އީދު ނަމާދު ކުރެވޭ ގޮތް ނުވާ ނަމަ އީދު ނަމާދު ކުރާނީ މާލެ ސަރަހައްދުގެ ހުކުރު ކުރާ ހުރިހާ މިސްކިތެއްގައި ކަމަށް ވެސް މިނިސްޓްރީން ބުންޏެވެ.
ކަލަންޑަރުގައިވާ ގޮތުން މި އަހަރުގެ ފިތުރު އީދު ދުވަހަށް ވަނީ މި މަހުގެ 31 އެވެ.