ފަނޑިޔާރު ޝަހީދު، ރައީސް މުއިއްޒާ އެކު: ސުޕްރީމް ކޯޓުން ޖޭއެސްސީއަށް ޝަހީދު ހަމަޖައްސަންވަނީ ނިންމާފައި / ރައީސް އޮފިސް
ހަބަރު
ސުޕްރީމް ކޯޓު ފަނޑިޔާރުގެ ތެރެއިން ޖޭއެސްސީއަށް ޝަހީދު ހަމަޖައްސަވައިފި
Qudhrathullah Ameen
ގުދުރަތުﷲ އަމީން
26 މާރިޗު 2025
މާލެ ސިޓީ

ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ ތެރެއިން ޖުޑިޝިއަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)އަށް އެ ކޯޓުގެ ފަނޑިޔާރު ސ. ހިތަދޫ، ބާޒީގެ އަލްއުސްތާޒް ހުސައިން ޝަހީދު ހަމަޖައްސަވައިފި އެވެ.

މީގެ ކުރިން ޖޭއެސްސީގައި އެ ކޯޓު ތަމުސީލުކުރެއްވީ ފަނޑިޔާރު ހުސްނުއްސުޢޫދެވެ. އެކަމަކު، އޭނާ ވަނީ ޖޭއެސްސީން ސަސްޕެންޑުކުރުމުން މަގާމުން އިސްތިއުފާދެއްވައިފައެވެ.

އެހެންވެ، ސުއޫދު އިސްތިއުފާދެއްވުމުން މަޖިލީހަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ނަން ފޮނުއްވައި، މަޖިލީހުން ފާސްކުރެއްވުމުން އެ މަގާމަށް އައްޔަންކުރީ ހައިކޯޓުގެ އިސް ފަނޑިޔާރުކަމުގައި ހުންނެވި ޝަހީދެވެ. އޭނާ އެ މަގާމަށް އައްޔަންކުރީ މި މަހު 19 ގައެވެ.

ހައި ކޯޓުގެ އިސް ފަނޑިޔާރަކަށް ހުންނެވި ޝަހީދު ސުޕްރީމް ކޯޓަށް އައްޔަން ކުރެއްވީ، ރައީސް ޑރ. މުހައްމަދު މުއިއްޒު އާއި އެޓާނީ ޖެނެރަލް އަހުމަދު އުޝާމް ސުޕްރީމް ކޯޓުގެ ފަނޑިޔާރުންނަށް ބިރު ދައްކައި، ނުފޫޒު ފޯރުވާތަކަށް ތުހުމަތުކޮށް އެކަމާ އިހުތިޖާޖުކުރުމުގެ ގޮތުން ފަނޑިޔާރު ސުއޫދު އިސްތިއުފާ ދެއްވުމުންނެވެ.

ޝަހީދު ސުޕްރީމް ކޯޓުގެ ފަނޑިޔާރަކަށް އައްޔަން ކުރެއްވީ މާޗު 19 ގަ އެވެ. އޭ ސުޕްރީމް ކޯޓަށް އައްޔަން ކުރަން ފެންނަ މަޖިލީހުން ފާސްވީ، ވޯޓުގައި ބައިވެރިވި 64 މެންބަރުންގެ އިއްތިފާގުންނެވެ.

ސުޕްރީމް ކޯޓަށް ޝަހީދު މިއަދު ހަމަ ޖެއްސިއިރު، އެ ކޯޓުގެ ދެ ފަނޑިޔާރަކު ތިބީ ޖޭއެސްސީން ސަސްޕެންޑްކޮށްފައެވެ. އެއީ ފަނޑިޔާރު ޑރ. އަޒްމިރާލްދާ ޒާހިރު އަދި ފަނޑިޔާރު މަހާޒް އަލީ ޒާހިރު އެވެ.

ޖޭއެސްސީއަކީ ފަނޑިޔާރުންގެ މައްސަލަ ބެލުމާއި، ފަނޑިޔާރުން ވަކިކުރުމާއި އައްޔަންކުރުން ހިމެނޭ ގޮތަށް ފަނޑިޔާރުން ރެގިއުލޭޓް ކުރަން ގާނޫނުއަސާސީން އެކުލަވާލާފައިވާ ކޮމިޝަނެކެވެ.

 ސުޕްރީމް ކޯޓުން ޖޭއެސްސީއަށް ޝަހީދު ކަނޑައެޅިނަމަވެސް، ޝަހީދު އެ މަގާމަށް އައްޔަން ކުރާނީ ރައީސުލްޖުމްހޫރިއްޔާގެ ކުރިފުޅުމަތީގައި ޖޭއެސްސީގެ މެންބަރުކަމުގެ ހުވައި ކުރެއްވުމުންނެވެ.

ކޮމެންޓު
Copyright © 2013-2025 Media Ring Pvt Ltd.
All rights reserved