ހާފިޒުން ދަސްވެނިވުމަށް ހާއްސަކޮށް ރާއްޖޭގައި މިރޭ ބާއްވާ ފުރަތަމަ ހަފުލާގައި ހިފްޒު ކުރި ދަރިވަރުންތަކެއް.--: / އިސްލާމިކް މިނިސްޓްރީ
ހަބަރު
އިތުރު 24 ފަރާތަކުން ގުރުއާން ހިތުދަސްކޮށްފި
Qudhrathullah Ameen
ގުދުރަތުﷲ އަމީން
27 މާރިޗު 2025
މާލެ ސިޓީ

ކީރިތި ގުރުއާން ހިތުދަސްކޮށްފައިވާ ހާފިޒުންގެ ދަސްވެނިވުން ފުރަތަމަ ފަހަރަށް ބާއްވައި، ހަނދާނީ ލިޔުން ދެއްވައިފި އެވެ.

އިސްލާމީ މަރުކަޒުގެ ޖަލްސާކުރާ މާލަމުގައި މިރޭ ބޭއްވި ރަސްމިއްޔާތު ޝަރަފުވެރި ކޮށްދެއްވާ ރައީސް ޑރ. މުހައްމަދު މުއިއްޒެވެ. އަދި ހާފިޒުންނަށް ސަނަދު ހަވާލުކޮށްދެއްވީ ވެސް އެ މަނިކުފާނެވެ.

ޙާފިޡުން އުފެއްދުމަށް ކުރާ މަސައްކަތްތަކުގެ ތެރެއިން 630 ދަރިވަރުން މިހާރުވެސް ކިޔަވަމުންދެ އެވެ. ކީރިތި ގުރުއާން ހިތުދަސްކުރާ ފަރާތްތަކަށް ސަރުކާރުންދޭ މާލީ އިނާޔަތް ދެގުނައަށް ބޮޑުކުރެއްވުމަށްވެސް ސަރުކާރުން ވަނީ ނިންމަވާފަ އެވެ. އަދި ހާފިޒުކަމުގެ ސެޓްފިކެޓަކީ އެޑްވާންސް ލެވެލްގެ ސެޓްފިކެޓެއްގެ ގޮތުގައިވެސް މިސަރުކާރުން ވަނީ ކަނޑައަޅާފަ އެވެ.

އަދި ހާފިޒުން އުމްރާއަށް ފޮނުވުމުގެ ޚާއްސަ މަޝްރޫއެއްވެސް ސަރުކާރުން ވަނީ ފަށާފާ އެވެ.

މިރޭ ދަސްވެނިވީ މިދިޔަ ޖުލައި އިން ފެށިގެން މި މަހުގެ 20 ގެ ނިޔަލަށް ގުރުއާން ހިތުދަސްކޮށް، ގުރުއާނާ ބެހޭ މަރުކަޒުން ކަނޑައަޅާފައިވާ މިންގަނޑަށް ހިފްޒު ކޮމެޓީ އަށް ކިޔައިދީ ފާސްވެފައިވާ ހާފިޒުންނެވެ.

ކޮމެންޓު
Copyright © 2013-2025 Media Ring Pvt Ltd.
All rights reserved