

ދިވެހި ރައްޔިތުންނަކީ ފަސާދަ ބައެއްގެ ގޮތުގައި ރައީސް މުހައްމަދު މުއިއްޒު ސިފަކުރައްވައިފިއެވެ.
އެމަނިކުފާނުގެ ނުރުހުން ދިވެހި ރައްޔިތުންނަށް އަމާޒުކުރައްވާފައިވަނީ ދިވެހީންނަކީ ދެ ބައޮޑުވާ ދޮގު ހަދާ ނެތިމޮށޭ ބައެއްގެ ގޮތުގައި ސިފަކުރައްވާއެވެ.
އެގޮތުން ޙާފިޒުންގެ ދަސްވެނިވުމަށް ބޭއްވި ޙަފްލާ ޝަރަފްވެރިކޮށްދެއްވާ ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވިދާޅުވީ، ގުރުއާނުގައި ނަހީ ކުރައްވާފައިވާ ކަންކަމުގެ ތެރެއިން ދިވެހިން ނުކުރާ ކަމެއް ނެތް ކަމަށާއި އެކަންކަމާ ދުރުވާން އަންގަވާފައިވާ ކަންކަން ކުރަނީ ސައްތައިން ސައްތަ އިސްލާމީ މި ގައުމުގައި ދިވެހިން އަމިއްލައަށް ކަމަށެވެ.
އެގޮތުން ދެބަ އޮޑުވުމާ ނެތި މޮށުމާ ދޮގު ވާހަކަ ފެތުރުމާ އެކަކު އަނެކަކުގެ އަބުރަށް އަރައިގަތުން އާންމުކޮށްފި ކަމަށް ވިދާޅުވެ ރައްޔިތުންނާމެދު ރައީސް މުއިއްޒު ވަނީ ނުރުހުން ފާޅުކުރައްވާފައެވެ.
ގުރުއާނުގައި ނަހީ ކުރައްވާފައިވާ ކަންކަމުގެ ތެރެއިން ދިވެހިން ނުކުރާ ކަމެއް ނެތް ކަމަށާއި އެކަންކަމާ ދުރުވާން އަންގަވާފައިވާ ކަންކަން ކުރަނީ ސައްތައިން ސައްތަ އިސްލާމީ މި ގައުމުގައި ދިވެހިން އަމިއްލައަށް ކަމަށް ބުނެ ރައްޔިތުންނާމެދު ރައީސް މުއިއްޒު ނުރުހުން ފާޅުކުރައްވައިފި. pic.twitter.com/aMbAJCfGYI
— Adhadhu (@AdhadhuMV) March 27, 2025
ރައީސް މުއިއްޒު މިފަދައިން ވާހަކަފުޅު ދައްކަވާފައިވާއިރު އެމަނިކުފާނަކީ ރައްޔިތުންނަށް ހުރިހާ ކަމެއްގައި މިސާލު ދައްކަވަން ހުރި ބޭފުޅާއަށް ވެފައި ޚުދު އެމަނިކުފާނު ގެންދަވަނީ ރައްޔިތުންނަށް ހުރިހާ ކަމެއްގައި ދޮގާ މަކަރާ އޮޅުވާލުން އިސްކުރައްވަމުންކަން ފާހަގަކޮށްލެވެއެވެ. އަދި އެކަންކަމަކީ ވެސް ދީނުގައި ނުރަގަޅު އާދަތަކުގެ ގޮތުގައި ފާހަގަކޮށް އެކަންކަމުން ދުރުހެލިވާން އަންގަވާފައިވާ ކަންކަމަށްވާއިރު ރައީސް މުއިއްޒު ވެސް ގެންދަވަނީ ދީނުގައި އަންގަވާފައިވާ ގޮތްތަކާ ޚިލާފަށް އަމަލުކުރަމުން ކަމަށް ބލުމުގެ ފުރުސަތު އޮތްކަން ފާހަގަކޮށްލެވެއެވެ.