މީހަކު ފިތުރު ޒަކާތް ދައްކަނީ: މިރެއާ ހަމައަށް 12.4 މިލިޔަން ރުފިޔާ ވަނީ ލިބިފައި / އިސްލާމިކް މިނިސްޓްރީ
ހަބަރު
ފަގީރުންގެ ދަފުތަރުގައި ހިމެނޭ ކޮންމެ މީހަކަށް 4،500ރ. ދެނީ
Qudhrathullah Ameen
ގުދުރަތުﷲ އަމީން
28 މާރިޗު 2025
މާލެ ސިޓީ

މި އަހަރުގެ ފިތުރު ޒަކާތުގެ ގޮތުގައި ލިބޭ ފައިސާ ބަހާނީ ހުރިހާ ފަގީރުންގެ މެދުގައި އެއް ހަމައަކުން ކަމަށާއި އެގޮތަށް ބަލާއިރު ކޮންމެ މީހަކަށް ވެސް 4،500 ރުފިޔާ ލިބޭނެ ކަމަށް އިސްލާމިކް މިނިސްޓްރީން ބުނެފި އެވެ.

ފިތުރު ޒަކާތުގެ ގޮތުގައި މިހާތަނަށް 12.4 މިލިއަން ރުފިޔާ ލިބިފައިވާއިރު، އެ ފައިސާ ބަހާނީ އަލަށް ގެނެވުނު ބަދަލާ އެކު ފަގީރުންގެ ދަފްތަރުގައި ތިބި އެންމެންނަށް އެއްހަމައަކުންނެވެ.

އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް ވިދާޅުވީ މި އަހަރު ފިތުރު ޒަކާތް ބަހާނީ ފިގީރުންގެ ދަފްތަރުގައި ތިބި އެންމެންނަށް އެއް ހަމައަކުން ކަމަށާއި އެ ބަދަލަކީ ޒަކާތުގެ މަގުސަދުގައި ހިމެނޭ އިޖުތިމާއީ އަދާލަތު ގާއިމުކުރަން ގެނެވުނު ބަދަލެއް ކަމަށެވެ.

މިހާރު ތަފާތަކީ މުޅި ރާއްޖެއަކީ އެއް ބައެއް ކަމުގައި ބަލައި، އެގޮތުގެ މަތިން ބެހުން،

- ޝަހީމް ވިދާޅުވި އެވެ.

ފަގީރުންގެ ދަފްތަރުގައި މި ވަގުތު ރަޖިސްޓްރީވެފައި ތިބި މީހުންގެ އަދަދެއް ސާފެއް ނުވެ އެވެ. އިސްލާމިކް މިނިސްޓްރީން މިދިޔަ އަހަރު ބުނީ އެ ލިސްޓުގައި 5،023 މީހުން އެބަތިބި ކަމަށެވެ.

ކޮމެންޓު
Copyright © 2013-2025 Media Ring Pvt Ltd.
All rights reserved