ރައްޔިތުންގެ ހިޔާލުތަކާއި ސުވާލުތަކަށް ޖަވާބުދެއްވުމަށް "ރައްޔިތުންނާ އެކު" މި ނަމުގައި ރައީސް ޑރ. މުހައްމަދު މުއިއްޒު ކުރިއަށްގެންދަވާ ޕޮޑްކާސްޓުގެ ފުރަތަމަ އެޕިސޯޑުގައި ޕޮޑްކާސްޓް ހޯސްޓް ކުރައްވާނީ ޓީވީ ޕްރެޒެންޓަރު އަހުމަދު ޝަކީބު (ޝަކީއްބެ)އާއެކު--- / ރައީސް އޮފިސް
ހަބަރު
މޭވާއާ ތަރުކާރީ ހުރީ އަތްފޯރާ ފަށުގައި ނޫންކަމަށް ރައީސް އިއުތިރާފުވެއްޖެ
28 މާރިޗު 2025
މާލެ ސިޓީ

ރާއްޖޭގައި ރައްޔިތުންނަށް ބޭނުންވާ މޭވާ އާ ތަރުކާރީ ފަދަ ކާބޯތަކެތި ހުރީ ހެޔޮ އަގުގައި އަތްފޮރާ މިންވަރަކަށް ނޫން ކަމަށް ރައީސް ޑރ މުހައްމަދު މުއިއްޒު އިއުތިރާފުވެވަޑައިގެންފިއެވެ.

އެމަނިކުފާނު މިކަމަށް އިއުތިރާފުވެވަޑައިގެންފައިވަނީ، ރައްޔިތުންނާ އަދި ނޫސްވެރިންނަށްވެސް ފިއްލަަވއިގެން އުޅުއްވާތާ އެތައް ދުވަހެއް ފަހުން ފެއްޓެވި ޕޮޑްކާސްޓު ޕްރޮގްރާމުގައެވެ.

އެގޮތުން "ރައްޔިތުންނާ އެކު"ގެ ނަމުގައި ރައީސް ކުރިއަށް ގެންދަވާ ޕޮޑްކާސްޓުގައި، އާންމު ދުޅަހެޔޮކަމަށް މަގުފަހިކޮށްދެއްވުމުގެ ގޮތުން ސަރުކާރުން އަޅަން ނިންމާފައިވާ ފިޔަވަޅުތަކާ މެދު ރައްޔިތަކު ކުރި ސުވާލަށް ޖަވާބު ދެއްވަމުން ރައީސް ވަނީ ރާއްޖޭގެ ފުޑް ސެކިއުރިޓީ ގާއިމުކުރުމަށްޓަކައި ފައްޓަވާފައިވާ މަޝްރޫއުތަކުގެ ތެރޭގައި ރާއްޖޭގެ އާބާދީއަށް ބޭނުންވާ މިންވަރަށް ރާއްޖޭގައި ކާބޯތަކެތި ނުއުއްފެދޭކަމާ ނަމަވެސް މިހާރު އެކަމަށް އަމާޒެއް ކަނޑައަޅުއްވާފައިވާ ކަމަށް ވިދާޅުވެފައެވެ. އަދި އެ އަމާޒަށް ވާސިލުވުމުގެ ތެރެއިން، ބޭރުން ރާއްޖެއަށް ގެންނަ މޭވާ އާއި ތަރުކާރީ ރާއްޖޭގައި އުފެއްދޭނޭ ކަމަށާއި، އެއާއެކު އެތަކެތީގެ އަގުހެޔޮވެގެންދާނޭކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

މީގެ އިތުރުން އެސްޓީއޯ މެދުވެރިކޮށް ރާއްޖެއަށް އެންމެ ގިނައިން އެތެރެކުރާ މޭވާ އާއި ތަރުކާރީގެ ބާވަތްތައް ފާހަގަކޮށް، އެ ބާވަތްތައް ހެޔޮ އަގެއްގައި ލިބޭނޭ އިންތިޒާމު ހަމަޖައްސައިގެން  މޭވާ އާއި ތަރުކާރީގެ އަގުހެޔޮ ކުރެވިދާނޭކަމަށް ވިދާޅުވިއެވެ.

މޭވާ އާ ތަރުކާރީއަކީ ސިއްހަތަށް ފައިދާ ހުރި ކާނާ ތައްޔާރުކުރުމުގައި މުހިއްމު ދައުރެއް އަދާކުރާ ބާވަތްތަކަކަށްވާއިރު އެ ބާވަތްތައް ހުރީ ރާއްޖޭގައި އަތް ނުފޯރާ ފަށުގައި ކަމަށް ރައީސް އިއުތިރާފުވެވަޑައިގެންނެވުމަކީ ސަރުކާރުގެ ފެއިލިޔަރ އެއް ކަމަށް ބެލެވިދާނެއެވެ.

ކޮމެންޓު
Copyright © 2013-2025 Media Ring Pvt Ltd.
All rights reserved