April 4, 2026
Advertisement
މާލޭ
މާލޭ / އަވަސް

ރާއްޖޭގެ އިންފްލޭޝަން އުފުލެނީ

Hussain Nawaf
ހުސައިން ނަވާފް
Mar 29, 2025, 06:59 PM

އިންފްލޭޝަން ރޭޓް މައްޗަށް ދާކަމަށް ނޭޝަނަލް ބިއުރޯ އޮފް ސްޓެޓިސްޓިކްސް (އެންބީއެސް) އިން ހާމަކޮށްފިއެވެ.

Advertisement

އެންބީއެސް އިން އާންމު ކުރި މުދަލާއި ހިދުމަތުގެ އަގު ދައްކުވައިދޭ މިންގަނޑު، ކޮންސިއުމާ ޕްރައިސް އިންޑެކްސް (ސީޕީއައި) ދައްކާ ގޮތުގައި މިދިޔަ އަހަރުގެ ފެބްރުއަރީ މަހާއި އަޅާބަލާއިރު މި އަހަރުގެ ފެބްރުއަރީ އަގުތައް ވަނީ 5.14 ޕަސެންޓް އުފުލިފައެވެ.

ނަމަވެސް އަގުތައް އެންމެ ބޮޑަށް އުފުލުނު ބާވަތްތަކުގެ ތެރޭގައި މޭވާ، މޯބައިލް މުވާސަލާތީ ހިދުމަތާއި ކިރާއި އެހެނިހެން ޑެއިރީ އުފެއްދުންތަކުގެ އިތުރުން ރެސްޓޯރަންޓް ކެފޭއިންނާއި އެއްގަމު މަހުންނެވެ.

އަގުތައް ދަށަށް ދިޔަ ބާވަތްތަކުގެ ތެރޭގައި ތަރުކާރީ އާއި ކަނޑުމަސް ހިމެނެ އެވެ. ތަރުކާރީގެ އަގުތައް 4.68 ޕަސެންޓް ދަށަށް ދިޔައިރު ކަނޑުމަހުގެ އަގުތައް 2.70 ޕަސެންޓް ދަށަށް ގޮސްފައިވެއެވެ.

އެގޮތުން ނިމިދިޔަ ޖެނުއަރީ މަހާއި އަޅާބަލާއިރު ފާއިތުވި ފެބްރުއަރީ މަހު ވަނީ 0.27 ޕަސެންޓް ބޮޑުވެފައެވެ.

ކަނޑުމަހުގެ އަގަށް އައި ބަދަލު ނުހިމަނައި މި އަދަދު ހުރީ 0.43 ޕަސެންޓްގައެވެ.


ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved