

އިންޓަނޭޝަނަލް މަނިޓަރީ ފަންޑު އައިއެމްއެފުން ހަރަދު ކުޑަ ކުރުމަށް ކެނޑި ނޭޅި ރާއްޖެއަށް ގޮވާލަމުން ދަނިކޮށް ކުލަގަދަކޮށް ހުޅުމާލޭގައި ފިތުރު އީދު ފާހަގަ ކުރުމަށް ޑްރޯން ޝޯ އަކާއި ކުޑަ ކުދިންގެ ހަވީރެއް ބާއްވަން ހައުސިންގ ޑިވަލޮޕްމަންޓް ކޯޕަރޭޝަން އެޗްޑީސީން ނިންމައިފިއެވެ.
މިކަން ހާމަކޮށް އެޗްޑީސީގެ ރަސްމީ އެކްސް އެކައުންޓުންވަނީ ވީޑިއޯއެއްވެސް ނެރިފައެވެ.
ކުޑަ ކުދިންގެ ހަވީރު ކުރިއަށް ދާނީ ހުޅުމާލޭ ސެންޓްރަލް ޕާކުގައި ހަވީރު 16:00 އިން 17:45 އަށް ކަމަށް އެޗްޑީސީން މައުލޫމާތު ދެއެވެ. އަދި އީދު ދުވަހުގެ ރޭ ހަވާއެރުވުމާއި ޑްރޯންގެ ފަރި ހަރަކާތްތައް ކުރިއަށް ދާނެ ކަމަށްވެސް ހާމަކުރިއެވެ.
Get ready for an unforgettable Eid in Hulhumalé! Celebrate with dazzling lights, exciting activities, and a night full of magic. Join us for a spectacular celebration that will light up your Eid!#Eid1446 #WithHDC pic.twitter.com/Dsltzbck53
— Housing Development Corporation (@hdcmaldives) March 27, 2025
ސަރުކާރުންވަނީ މި އަހަރު އިތުރު ރަށްތަށް ދިއްލުމަށްޓަކައި ބޮކި ގަތުމަށް 28 މިލިއަން ރުފިޔާ ޚަރަދުކޮށްފައެވެ.
ދައުލަތުން މިފަދަ ނިންމުމެއް ނިންމާފައިވާއިރު ރާއްޖޭގެ ދަރަނި ބޮޑުވެ ބޭރު ފައިސާގެ ރިޒާވަށް ބާރުބޮޑުވާކަން ފާހަގަކޮށް ވީހާ ވެސް އަވަހަށް ނިޒާމީ ބަދަލުތައް ގެންނަންޖެހޭކަން އައިއެމްއެފުން ވަނީ ގޮވާލާފަ އެވެ.
ނަމަވެސް ބަޖެޓުގައި ހިމަނާފައި ހުރި އިގުތިސާދީ ރިފޯމް އެޖެންޑާގެ ކަންކަން ވީހާ ވެސް އަވަހަށް ފަށަންޖެހޭކަން އެ އިދާރާއިން ނެރުނު ބަޔާނެއްގައިވަނީ ފާހަގަކޮށްފައެވެ.
އާމްދަނީ އިތުރުކުރަން ސަރުކާރުން ގިނަ ފިޔަވަޅުތަކެއް އެޅި ނަމަވެސް ވީހާ ވެސް އަވަހަށް ޚަރަދުކުޑަކުރަން ބޮޑެތި ފިޔަވަޅުތަކެއް އަޅަންޖެހޭ ކަމަށް އައިއެމްއެފުން ގޮވާލާފައިވެ އެވެ.