April 22, 2026
Advertisement
ޕީއެންއެފް އެސްޖީ- މަލީހު ޖަމާލު
ޕީއެންއެފް އެސްޖީ- މަލީހު ޖަމާލު / ތޭރަ އޮންލައިން

ރާއްޖޭގެ އިގްތިސޯދު މިއިން ޒަމާނަކު ނުވެއްޓޭހާ ފުން އަނދަވަޅަކަށް ވެއްޓިއްޖެ: މަލީހު

Mariyam Isaadha
މަރިޔަމް އިސާދާ
Mar 29, 2025, 10:09 PM
މާލެ ސިޓީ

ގައުމުގެ އެކި ދިމަ ދިމާއަށް ނަޒަރު ހިންގާލުމުން ފެންނަމުން ދަނީ ރާއްޖޭގެ އިގްތިސޯދު މިއިން ޒަމާނަކުވެސް ނުވެެއްޓޭ ވަރުގެ އަނދަވަޅަކަށް ވެއްޓިފައިވާ މަންޒަރު ކަމަށް ޕީޕަލްސް ނެޝަނަލް ފްރޮންޓު (ޕީއެންއެފް)ގެ ސެކެރެޓަރީ ޖެނެރަލް މުހައްމަދު މަލީހު ޖަމާލު ވިދާޅުވެއްޖެއެވެ.

Advertisement

އެމަނިކުފާނު މިފަދައިން ވިދާޅުވީ ޕީއެންއެފުން ބޭއްވި ޖަލްސާއެއްގައި ވާހަކަ ދައްކަވަމުންނެވެ.

މަލީހު ވިދާޅުވީ ރާއްޖޭގެ އިގްތިސޯދާ ގުޅިގެން ފެހި ސިގްނަލް ލިބިފައި ހުރި ކަމަށް ރައީސް ޑރ މުހައްމަދު މުއިއްޒު ވިދާޅުވެފައިވީ ނަމަވެސް ދުނިޔޭގެ މާލީ އިދާރާތަކުންނާ ރާއްޖޭގެ އިގްތިސޯދީ މާހިރުންނާ، ރާއްޖޭގެ މިނިސްޓްރީތަކުގެ އެތެރޭގެ ތިއްބެވި ބޭބޭފުޅުންގެ އަމަލުން ފެންނަނީ ރާއްޖޭގެ އިގްތިސޯދު މިއިން ޒަމާނަކުވެސް ނުވެެއްޓޭ ވަރުގެ އަނދަވަޅަކަށް ވެއްޓިފައިވާ މަންޒަރު ކަމަށެވެ.

މަލީހު ވިދާޅުވީ، ސަރުކާރާ ގުޅިގެން އުފާވެރި ހިނިތުންވުމާ އެކު ގައުމުގެ ހާލަތު އޮތް މިންވަރުން ވާހަކަ ދެއްކެން ނެތް ކަމަށެވެ.

މަލީހު ވިދާޅުވީ، ގައުމުގެ ކަންކަމާ ގުޅިގެން ނުހަނު ކަންބޮޑުވުން އެބަ ހުރި ކަމަށާ ނަމަވެސް މިއިން ކަމެއް ރަގަޅުކޮށް ހައްލުކުރަން ސަރުކާރުން މަސައްކަތްކުރާ މަންޒަރު ނުފެންނަ ކަމަށެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved