March 23, 2026
Advertisement
މި ވަގުތަކީ ދިވެހި ސަރުކާރުން ބެލްޓު ބާރުކޮށް، ބޭކާރު ޚަރަދުތައް ހުއްޓާލަންވީ ވަގުތު: މަލީހު
މި ވަގުތަކީ ދިވެހި ސަރުކާރުން ބެލްޓު ބާރުކޮށް، ބޭކާރު ޚަރަދުތައް ހުއްޓާލަންވީ ވަގުތު: މަލީހު / ރައީސް އޮފިސް

މި ވަގުތަކީ ދިވެހި ސަރުކާރުން ބެލްޓު ބާރުކޮށް، ބޭކާރު ޚަރަދުތައް ހުއްޓާލަންވީ ވަގުތު: މަލީހު

Mariyam Isaadha
މަރިޔަމް އިސާދާ
Mar 22, 2026, 04:58 PM
މާލެ ސިޓީ

މި ވަގުތަކީ ދިވެހި ސަރުކާރުން ބެލްޓު ބާރުކޮށް، ބޭކާރު ޚަރަދުތައް އެއްކޮށް ކަނޑާލަންވީ ވަގުތު ކަމަށް ޕީއެންއެފްގެ ސެކެރެޓަރީ ޖެނެރަލް މުހައްމަދު މަލީހު ޖަމާލު ވިދާޅުވެއްޖެއެވެ.

Advertisement

މަލީހު މިފަދައިން ވިދާޅުވެފައިވަނީ އެކްސްގައި ކުރެއްވި ޕޯސްޓެއްގައެވެ.

މެދުއިރުމަތީގައި ހިނގަމުންދާ ހަނގުރާމައިގެ ސަބަބުން ރާއްޖޭގެ އިޤްތިސާދަށް އަތުވެދާނެ ނޭދެވޭ ބަދަލުތަކަށް ތައްޔާރުވުމަށް ގޮވާލައި އެކްސްގައި ކުރެއްވި ޕޯސްޓުތަކުގައި މަލީހު ވަނީ ގައުމުގެ ހާލަތާ މެދު ކަންބޮޑުވުން ފާޅުކުރައްވާފައެވެ.

މަލީހު ވިދާޅުވީ، ކުރު މުއްދަތެއްގައި ފައިދާ ނުލިބޭނެ ފަދަ މަޝްރޫޢުތައް މިވަގުތަށް މެދުކަނޑާލައި، ރާއްޖޭގެ އިޤްތިސާދު ހިފެހެއްޓޭތޯ ސަރުކާރުން މަސައްކަތް ކުރަން ޖެހޭ ކަމަށެވެ. އަދި ކުރިއަށް އޮތް ދެ މަސްދުވަހުގެ ތެރޭގައި ރާއްޖޭގެ ފަތުރުވެރިކަން ރެކޯޑު މިންވަރަކަށް ދަށްވާނެ ކަމަށް ލަފާކުރެއްވޭއިރު، އެކަމަށް ސަރުކާރުން ގެންގުޅޭ ޕްލޭނަކީ ކޮބައިކަމާ މެދުވެސް މަލީހު ވަނީ ސުވާލު އުފައްދަވާފައެވެ.

މަލީހު ވަނީ އުތުރުތިލަފަޅުގައި ސަރުކާރުން ބިނާކުރަން ނިންމާފައިވާ ޖަލާއި ރިހެބިލިޓޭޝަން ސެންޓަރަކީ ވެސް އޅަން ޖެހޭ ތަނެއް ނޫން ކަން ފާހަގަކުރައްވާފައެވެ. އެގޮތުން އެއް ބިލިއަން ރުފިޔާ ޚަރަދުކޮށްގެން ޖަލެއް އެޅުމަކީ މިވަގުތު ކުރަންޖެހޭ ކަމެއް ނޫން ކަމަށެވެ. މާފުށީ ޖަލު އެކްސްޓެންޑު ކުރުމަކީ މާ ޚަރަދު ކުޑަ ގޮތެއް ކަމަށް ފާހަގަކުރައްވައި މަލީހް ވިދާޅުވީ، ސަރުކާރުގެ އަމާޒަކަށް ވާންވީ މީހުން ޖަލަށްލުން ނޫން ކަމަށެވެ. އަދި މިފަދަ ކަންކަމުގައި ރައީސް މުޢިއްޒުގެ ވިސްނުންފުޅާ މެދު އޭނާ ވަނީ ސުވާލު އުފައްދަވާފައެވެ.

 ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިޚާބަށްފަހު ރާއްޖޭގައި ތެލުގެ އަގު ވަރަށް ބޮޑަށް އުފުލިގެންދާނެ ކަމަށް މަލީހް އިންޒާރު ދެއްވިއެވެ. އޭނާ ވިދާޅުވީ މިހާރުވެސް ގޭސް ލިބުމުގައި ދަތިތަކެއް ހުރި އިރު، ތެލުގެ އަގު އަތްނުފޯރާ ފަށަށް ދިއުމުގެ ކުރިން ރައްޔިތުން ތެޔޮ ގަނެ ރައްކާކުރަން ޖެހޭ ކަމަށެވެ. މިފަދަ ނާޒުކު ހާލަތަކަށް ގައުމު ދާއިރުވެސް، ސަރުކާރުގެ ފަރާތުން އެކަށީގެންވާ ފިޔަވަޅުތަކެއް އަޅަމުންދާ ތަން ނުފެންނަކަމަށް ވިދާޅުވެ މަލީހް ވަނީ ކަންބޮޑުވުން ފާޅުކުރައްވާފައެވެ. 

މަލީހު މިފަދައިން ވިދާޅުވެފައިވާއިރު މިފަދަ ދަނޑިވަޅެއްގައި ގައުމުގެ ހާލަތު އެންމެ ރަގަޅަށް ސަރުކާރުން ރައްޔިތުންނަށް ސާފުކޮށްނުދޭކަމުގެ ތުހުމަތުވެސް އަމާޒުވެފައިވެއެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved