March 16, 2026
Advertisement
ވިއްސާރަ ދުވަހެއް
ވިއްސާރަ ދުވަހެއް / ޕޮލިސް

މެންދުރުން ފެށިގެން ދެކުނާއި މެދުރާއްޖެތެރޭގެ ރަށްތަކަށް ވިއްސާރަވެދާނެ: މެޓު އޮފީސް

Hussain Nawaf
ހުސައިން ނަވާފް
Mar 31, 2025, 12:40 AM

މެންދުރުން ފެށިގެން ދެކުނާއި މެދުރާއްޖެތެރޭގެ ރަށްތަކަށް ވިއްސާރަވެދާނެކަމަށް މޫސުމާއި ބެހޭ ގައުމީ އިދާރާ މޯލްޑިވްސް މިޓިއޮރޮލޮގިކަލް ސާވިސަސް މެޓު އޮފީހުން ހާމަކޮށްފިއެވެ.

Advertisement

އަދި ވިއްސާރަ ކުރެވޭނެކަމަށް ލަފާ ކުރެވެނީ ދެކުނުގެ ރަށްތަކަށް ކަމަށް މެޓުން ބުނެފައިވެއެވެ.

އެ ސަރަހައްދުގެ ރަށްތަކަށް ބޯކޮށް ވާރެވެހޭނެ ކަމަށާއި އެކަމަކު ކަނޑުތައް ގަދަވި ނަމަވެސް ދަތުރު ނުކުރެވޭ މިންވަރަށް ގަދަނުވާނެކަމަށް މެޓުން ހާމަ ކުރިއެވެ.

މީގެ އިތުރުން މެދުރާއްޖެ ތެރޭގެ ބައެއް ރަށްތަކަށް ކެރީގެ އަސަރު ފޯރުން އެކަށީގެންވާކަމަށް މައުލޫމާތު ދިނެވެ.

އެގޮތުން ދެކުނުގެ ރަށްތަކަށް 10 މޭލާއި 20 މޭލާ ދެމެދު ބާރުމިނެއްގައި ވައިޖެހޭނެ ކަމަށާއި މެދުރާއްޖެތެރެއާއި އުތުރުގެ ރަށްތަކަށް 5 މޭލާއި 15 މޭލާ ދެމެދުގެ ބާރުމިނެއްގައި ވައިޖެހޭނެ ކަމަށް މެޓުން ވަނީ ލަފާކޮށްފައެވެ.

އަދި މާދަމާ ހަވީރުން ފެށިގެން މޫސުން އަލިވާނެކަމަށްވެސް މެޓުން ލަފާކޮށްފައިވެއެވެ.

މޫސުމީ ބަދަލުތަކުގެ ސަބަބުން އިރުވައި މޫސުމުގައިވެސް ބޯކޮށް ވާރޭވެހުންވަނީ އާންމުވެފައެވެ. އެގޮތުން މި އިރުވައި މޫސުމުގައި ބޯކޮށް ވާރޭ ވެހުމުގެ ސަބަބުން އެކި ވަރުގެ ގެއްލުން އެކި ދުވަސްތަކުގެ މަތީން ލިބުނުކަން ފާހަގަކޮށްލެވެއެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved