theyra online
ހަބަރު
ސިޔާސީ
ވިޔަފާރި
ދުނިޔެ
ރިޕޯޓު
ވީޑިއޯ
ފޮޓޯ
Theme
Copyright © 2013-2025 Media Ring Pvt Ltd.
All rights reserved
އިލެކްޝަން ކޮމިޝަންގެ ނައިބު ރައީސް އިސްމާއިލް ހަބީބް / ޕީއެސްއެމް
ހަބަރު
މުއްދަތު ހަމަވިއިރު, މަޖިލީހަށް ވާދަކުރަން ހުށަހެޅީ 381 ފޯމު
Aishath Naja
އައިޝަތު ނަޖާ
14 ފެބްރުއަރީ 2024

ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ވާދަކުރަން ފޯމު ހުށަހެޅުމަށް ހުޅުވާލި މުއްދަތު ހަމަވިއިރު 381 ފޯމު އިލެކްޝަންސް ކޮމިޝަން (އީސީ) އަށް ހުށަހަޅައިފިއެވެ.

އީސީގެ ނައިބު ރައީސް އިސްމާއިލް ހަބީބް ވިދާޅުވީ, މަޖިލިސް އިންތިހާބުގައި ވާދަކުރުމުގެ މުއްދަތު ހަމަވިއިރު ޖުމްލަ 381 ފޯމު ކޮމިޝަނަށް ހުށަހަޅާފައިވާ ކަމަށާއި އެ ފޯމުތައް ޗެކުކޮށް ބަލައިގަތުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ.

ޖުމްލަ 381 ފޯމު އީސީއަށް ހުށަހެޅިއިރު އޭގެ ތެރޭގައި އިދިކޮޅު އެމްޑީޕީން ހުށަހެޅި 89 ފޯމު އަދި ޑިމޮކްރެޓްސް އިން ހުށަހެޅި 41 ފޯމު ހިމެނެ އެވެ. މީގެ އިތުރުން ރައީސް އަބްދުﷲ ޔާމީން އުފައްދަވާ ޕީއެންއެފްގެ ފަރާތުން، އަމިއްލަ ގޮތުން ވާދަކުރަން 49 ފޯމު ހުށަހެޅިކަމަަށްވެސް ހަބީބް ވަނީ ފާހަގަކުރައްވާފައެވެ.

ވެރިކަން ކުރާ ޕީއެންސީން ވެސް ގިނަ ފޯމުތަކެއް ހުށަހެޅިއިރު ކިތައް ފޯމުކަން ޔަގީންވެފައެއް ނުވެ އެވެ.

މަޖިލިސް އިންތިހާބު ބޭއްވުމަށް އިލެކްޝަންސް އިން ކަނޑައަޅާފައި ވަނީ މާޗު 17 ގައެވެ.

ނަމަވެސް ރައްޔިތުންގެ މަޖިލީހުން ވަނީ, އިންތިހާބު ރޯދައިގެ 10 ދުވަސް ފަހުން ބާއްވާ ގޮތަށް ގާނޫނަށް ވަނީ ބަދަލު ގެނެސްފަ އެވެ.

ހަބީބް ވިދާޅުވި ގޮތުގައި އިންތިހާބު ބާއްވާ އާ ތާރީހެއް އެ ކޮމިޝަނުން ކަނޑައަޅާނީ މަޖިލީހުން ފާސްކުރި ބިލު ގާނޫނެއްގެ ގޮތުގައި ތަސްދީގު ކުރުމުންނެވެ.

ކޮމެންޓު
Copyright © 2013-2025 Media Ring Pvt Ltd.
All rights reserved