March 16, 2026
Advertisement
މޫސުން ގޯސް
މޫސުން ގޯސް / ޕޮލިސް

މެދުރާއްޖެ ތެރެއަށް ކެރީގެ އަސަރު ފޯރާނެ، ދެކުނަށް ވާރޭ ވެހޭނެ: މެޓު

Hussain Nawaf
ހުސައިން ނަވާފް
Apr 4, 2025, 10:01 PM

ދެކުނުގެ އަތޮޅުތަކަށް ވިއްސާރަކުރާނެ އަދި ބައެއް ރަށްތަކަށް ގުގުރުމާއެކު ބޯކޮށް ވާރޭ ވެހޭނެ ކަމާއި މެދު ރާއްޖެތެރެއަށް ކެރީގެ އަސަރުކުރާނެ އަދި ގުގުރުން އެކަށީގެންވާކަމަށް މޫސުމާއި ބެހޭ ގައުމީ އިދާރާ މޯލްޑިވްސް މިޓިއޮެރޮލޮޖިކަލް ސާވިސަސް މެޓު އޮފީހުން ހާމަކޮށްފިއެވެ.

Advertisement

މެޓު އޮފީހުން ހާމަ ކުރާ ގޮތުގައި މެދު ރާއްޖެ ތެރޭގެ އެކިހިސާބަށް ކެރީގެ އަސަރު ކުރުމާއި އެކު ގުގުރުން އެކަށީގެންވެއެވެ.

ދެކުނުގެ އަތޮޅުތަކަށް ވިއްސާރަކުރާނެ އަދި ބައެއް ރަށްތަކަށް ގުގުރުމާއެކު ބޯކޮށް ވާރޭވެހުން އެކަށީގެންވާކަމަށްވެސް މެޓުންވަނީ ހާމަކޮށްފައެވެ.

ދެކުނާއި ހުޅަނގުދެކުނުން ގަޑިއަކު 05 މޭލާއި 15 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެކަމަށް މެޓުން ހާމަ ކުރިއެވެ.

ނަމަވެސް އުތުރުގެ ރަށްތަކަށް މޫސުން ރަނގަޅުވާނެކަމަށް މެޓުން ލަފާ ކުރެއެވެ.

ދެކުނުގެ އަތޮޅުތަކުގެ މޫސުން
ދެކުނުގެ އަތޮޅުތަކުގެ މޫސުން

ކަނޑު ދަތުރު ކުރާ ފަރާތްތަކުން ހާދިސާއެއް ދިމާވެއްޖެ ނަމަ ލަސްނުކޮށް، އެމްއެންޑީއެފް ކޯސްޓް ގާޑްގެ ހިލޭ ގުޅޭ ނަންބަރު 191އަށް ގުޅައިގެން މަޢުލޫމަތު ހިއްސާ ކުރެއްވުމަށް އެމްއެންޑީއެފް އިންވެސް މީގެ ކުރިންވަނީ އިލްތިމާސް ކޮށްފައެވެ.

މޫސުމީ ބަދަލުތަކުގެ ސަބަބުން އިރުވައި މޫސުމުގައިވެސް ބޯކޮށް ވާރޭވެހުންވަނީ އާންމުވެފައެވެ. އެގޮތުން މި އިރުވައި މޫސުމުގައި ބޯކޮށް ވާރޭ ވެހުމުގެ ސަބަބުން އެކި ވަރުގެ ގެއްލުން އެކި ދުވަސްތަކުގެ މަތީން ލިބުނުކަން ފާހަގަކޮށްލެވެއެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved