އެންފީލްޑުގައި ނަގައިފައިވާ ފޮޓޯއެއް / ރައީސް އޮފިސް
ހަބަރު
މިލިއަން ޑޮލަރު ދިނުމުންވެސް ލިވަޕޫލް ފުޓްބޯލް ކްލަބުން ރައީސް ޑރ މުއިއްޒަށް ސަމާލުކަމެއް ނުދިން
Hussain Nawaf
ހުސައިން ނަވާފް
04 އޭޕްރީލު 2025

މިލިއަން ޑޮލަރު ދިނުމުންވެސް އިނގިރޭސި ވިލާތުގެ އެންމެ ކާމިޔާބު އެއް ފުޓްބޯޅަ ޓީމު ލިވަޕޫލް ފުޓްބޯލް ކްލަބު ރައީސް ޑރ މުހައްމަދު މުއިއްޒަށް ސަމާލުކަމެއް ނުދިންކަން ހާމަވެއްޖެއެވެ.

ލިވަޕޫލްގެ ސީއީއޯގެ ދައުވަތަކަށް ކަމަށް ބުނެ ރައީސް މުއިއްޒު އިނގިރޭސިވިލާތަށް ފުރާވަޑައިގެންނެވީ މި މަހު އެއް ވަނަ ދުވަހުއެވެ.

މި ދަތުރުފުޅުގައި ލިވަޕޫލްގެ ޓްރެއިނިން ގްރައުންޑް، އަކްސާ ޓްރެއިނިން ސެންޓަރަށާއި އެންފީލްޑް ސްޓޭޑިއަމަށް ވަޑައިގެންފައިވާއިރު އެ ކަަމާއި ގުޅޭ ފޮޓޯތައް ހުރީ ހަމަ އެކަނި ރައީސް އޮފީހުގެ ވެބްސައިޓުގައެވެ.

ރައީސް އޮފީހުން އާންމުކުރި ފޮޓޯތަކުގައި ލިވަޕޫލްގެ އެއްވެސް އޮފިޝަލެއްވެސް ބައިވެރިވެފައި ނުވާކަން ފާހަގަ ކުރެވެއެވެ. އަދި ލިވަޕޫލުގެ މިހާރުގެ ޓީމު ނުވަތަ އެ ކްލަބުގެ އިސްވެރިންގެ ތެރެއިން އެއްވެސް ބަޔަކާ ރައީސްގެ މި ދަތުރުގައި ބައްދަލުކުރެއްވި ކަމެއްވެސް ރައީސް އޮފީހުން އަދި އެމްއެމްޕީއާރުސީން ހާމައެއް ނުކުރެއެވެ.

މެޗުގެ ކުރިން ރާއްޖެ އިޝްތިހާރު ކުރުމަށް ފަށާފައިވާ ކެމްޕޭން ލޯންޗުކުރުން އޮންނާނެ ކަމަށް އަޑު ފެތުރާ އެ އިވެންޓާ ގުޅިގެން ދައުލަތުގެ މީޑިއާއިން ހާއްސަ ޝޯއެއްވެސް ގެނެސްދިނެވެ. ނަމަވެސް ޝޯ ނިންމާލީ ދަނޑުގައި ރައީސް ކުރެއްވި އެއްވެސް ކަމެއްގެ މަންޒަރެއް ނުދައްކައެވެ.

މި ދަތުރުފުޅުގައި ރައީސްގެ އަރިހުގައި ޓޫރިޒަމް އެންޑް އެންވަޔަރަންމަންޓް މިނިސްޓަރު ތޯރިގު އިބްރާހީމާއި، ސްޕޯޓްސް މިނިސްޓަރު އަބްދުالله ރަފީއުއާއި، އެމްއެމްޕީއާރްސީގެ މެނޭޖިން ޑިރެކްޓަރު އިބްރާހީމް ޝިއުރީގެ އިތުރުން ސަރުކާރުގެ ކަމާބެހޭ އިސްވެރިން ބައިވެރިވެވަޑައިގަންނަވާ ކަމަށް ރައީސް އޮފީހުން މީގެ ކުރިން މައުލޫމާތު ދިނެވެ.


ތުރުފުޅުގައި, އިނގިރޭސި ޕްރިމިއަރ ލީގުގައި އެވަރޓަން އާއި ލިވަރޕޫލް ފުޓްބޯލް ކްލަބް (އެލް.އެފް.ސީ) ބައްދަލުކުރި މި މެޗު ބަލާލުމަށް, ފުރުސަތު ދީފައިވަނީ އާދައިގެ ވިޒިޓަރ އެއްގެ ގޮތުގައެވެ. އަދި ރާއްޖެ ޕްރޮމޯޓުކުރަން އެ ދަނޑުގައި ޖާޒީއަކާ އެކު ރައީސް މުއިއްޒު ކުރެއްވި އިޝްތިހާރުގައިވެސް ލިވަރޕޫލުގެ އެއްވެސް ފަރާތަކުންވެސް އަދި އިނގިރޭސިވިލާތުގެ އިސް ފަރާތަކުންވެސް ބައިވެރިވެފައިނުވެއެވެ.

ގޮތުގައި މި ސްޓޭޑިއަމަށް މުއިއްޒު ވަޑައިގަތުމުން, ދުނިޔޭގެ ގައުމުތަކުގެ ހެޑް އޮފް ސްޓޭޓުންނަށް އަރުވާ އެއްވެސް ޕްރޮޓޮކޯލްއެއް ލިވަރޕޫލް އެފްސީން ހަމަޖައްސާދީފައެއް ނުވެއެވެ.

އެގޮތުން މުއިއްޒުއާއެކު ވަޑައިގެން ތޯރިގުއާއި ޝިއުރީ އަޅުއްވައިގެން ހުންނެވި ވިޒިޓަރ ފޮޓޯއިން ފެންނާން އޮތްއިރު, މުއިއްޒު ހުންނެވީ ވިޒިޓަރ ކާޑޫ ސޫޓުގެ ދަށަށް ލައްވާ ފޮރުވައިގެންނެވެ.

ރައީސް ޑރ. މުއިއްޒުގެ ސަރުކާރުގެ ވެރިން ހަރަދު ބޮޑު މިފަދަ ނަތީޖާއެއް ނުނެރެވޭ ދަތުރު ތަކުގައި އުޅުއްވާއިރު، ރާއްޖޭގެ ދަރަނި ބޮޑުވެ ބޭރު ފައިސާގެ ރިޒާވަށް ބާރުބޮޑުވާކަން ފާހަގަކޮށް ވީހާ ވެސް އަވަހަށް ނިޒާމީ ބަދަލުތައް ގެނެސް ސަރުކާރުގެ ހަރަދު ކުޑަކުރަން ޖެހޭކަން އައިއެމްއެފުން ވަނީ ބުނެފަ އެވެ.

އަދި ދައުލަތުގެ ހަރަދުތައް ފޫބެއްދުމަށްޓަކައި ބޭންކު ތަކުން ނަގާފައިވާ ދަރަނީގެ މިންވަރު އިތުރުވުމުގެ ސަބަބުން ގައުމުގެ އިގުތިސާދަށް ހުރި ނުރައްކާތެރި ކަމުގެ ވާހަކަ އައިއެމްއެފްއިން ރައީސް މުއިއްޒު އަށް އަޑުއިވޭ ގޮތައް ދައްކާތާ މިހާރު 16 މަސް ވެއްޖެއެވެ.

ކޮމެންޓު
Copyright © 2013-2025 Media Ring Pvt Ltd.
All rights reserved