ރައީސް ޔާމީން ސައުދީ އަރަބިއްޔާގެ ރަސްގެފާނާއި ބައްދަލުކުރެއްވުން / ރައީސް އޮފީސް
ސިޔާސީ
ދުނިޔެއާ އެކު ގާތްގުޅުން ބޭއްވުމުގެ އެންމެ ބޮޑު މަގްސަދަކީ އިންވެސްޓުމަންޓުތައް ވަނުން: ރައީސް ޔާމީން
04 އޭޕްރީލު 2025
މާލެ ސިޓީ

ދުނިޔެއާ އެކު ގާތްގުޅުން ބޭއްވުމުގެ އެންމެ ބޮޑު މަގްސަދަކީ އިންވެސްޓުމަންޓުތަކާ ރިސޯސްތައް ގައުމަށް ވަނުން ނަމަވެސް މި ސަރުކާރުގައި އެކަން ނުފެންނަ ކަމަށް ރައީސް އަބްދުﷲ ޔާމީން ވިދާޅުވެއްޖެއެވެ.

ކޮމާޝަލް ޑިޕްލޮމެސީގެ ވާހަކަ ދައްކަވަމުން ރައީސް ޔާމީން ވިދާޅުވީ، ދުނިޔެއާ ގާތް ގުޅުން ބާއްވާ ދުނިޔެއާ އެކު މަސައްކަތްކުރުމުން ގައުމަށް އެކަމުގެ ފައިދާ ވާން ޖެހޭނެ ކަމަށެވެ. ނަމަވެސް މި ސަރުކާރަކީ ދުނިޔއާ އެންމެ ގާތް ގުޅުން ބާއްވާ ފޮރިން ޑިޕްލޮމެސީ އެންމެ ހަރުދަނާ ސަރުކާރު ކަމަށް މެޑަލް ޖަހަމުންދާއިރު މި ސަރުކާރުގައި ބޭރުގ އެހީއާ އެކު ގައުމަށް އައި މާއްދީ ތަރައްގީއެއް ލިބުނު ރިސޯސްއެއް އަދި ލިބުނު ބޭރު ފައިސާގެ އެހީއެއްވެސް ނެތް ކަމަށާ އެހެންކަމުން ދުނިޔެއާ އެންމެ ގާތް ގުޅުން ބާއްވައިގެން ލިބުނު ފައިދާއެއް ކޮބައިތޯ ރައީސް ޔާމީން ސުވާލުކުރައްވާފައެވެ.

މީގެ އިތުރުން ރައީސް ޔާމިން ވިދާޅުވީ، ބޭރު ގައުމުތަކުގެ ވަޒީރުންނާ ސަފީރުންނާ އަރަބި ސަލާމްކޮށްލަން ލިބުމަކީ ކޮމާޝަލް ޑިޕްލޮމަސީއިން ލިބޭ ހަމައެކަނި ފައިދާ ކަމުގައިވަނީ ދުނިޔެއާ ގާތްގުޅުން ބޭއްވުމުގެ ބޭނުމެއް ވަކިނެތް ކަމަށެވެ.

ރައީސް ޔާމީން ވަނީ އެމަނިކުފާނުގެ ޒައާމަތުގައި ކޮމަންވެލްތުން ރާއްޖެ ވަކިވިވުމަށް އިޝާރާތްކުރައްވާ މިނިސްޓަރު ތޯރިގު އިބްރާހިމު ދެއްކެވި ވާހަކަތަކަށް ވެސް ރައްދު ދެއްވާފައެެވެ. އެމަނިކުފާނު ވިދާޅުވީ ގައުމުގެ އެތެރޭގެ ކަންކަމާ ބެހުމަށް އެއްވެސް ގައުމަކަށް އަދި ޖަމްއިއްޔާއަކަށް ވެސް އެމަނިކުފާނު ޖާގަ ނުދެއްވާނެ ކަމަށާ އެހެންކަމުން ކޮމަންވެލްތަށްވެސް އެ ފުރުސަތު ނުދީ ވަކިވި ނަމަވެސް ރާއްޖެއަށް އެކަމުގެ ސަބަބުން ކުރި ނޭދެވޭ އަސަރެއް ނޯންނާނެ ކަމަށެވެ.

ކޮމެންޓު
Copyright © 2013-2025 Media Ring Pvt Ltd.
All rights reserved