ރައީސް އަބްދުﷲ ޔާމީންގެ ސިޔާސީ ކެރިއަރު ދުއްވާލަން އެއޮތް ބޮޑު އިންޑިއާ އިން މަސައްކަތް ކުރުމުންވެސް އެކަން ކާމިޔާބު ނުވިކަމަށް ވިދާޅުވެ، ރައީސް ޔާމީންގެ ތާއީދާއެކު 20 ވަނަ ރައްިތުންގެ މަޖިލީހުގެ ހެންވެއިރު ހުޅަނގު ދާއިރާއަށް ކުރިމަތިލައްވާފައިވާ ކެންޑިޑޭޓް ނާއިފް ޝައުކަތު ވިދާޅުވެއްޖެއެވެ.
ނާއިފް މިފަދައިން ވިދާޅުވީ ޗެނަލް 13 އިން ގެނެސްދޭ ޕީއެންއެފް އަދާހަމައިގައި ވާހަކަ ދައްކަވަމުންނެވެ.
އެގޮތުން ނާއިފަ ވަނީ ރާއްޖޭ ސިޔާސީ ލީޑަރުން ތަކެއް ރައީށް ޔާމީންހގެ ސިޔާސީ ހަޔާތް ހަލާކުކޮށްލުމަށް ވަރަށް މަސައްކަތް ކުރާ ކަމަށެވެ.
މީގެ އިތުރުން ނާއިފް ވަނީ އިންޑިއާ އިން އެކަން ކުރުމަސް ކުރި މަސައްކަތް ނާކާމިޔާބު ވީކަމަށް ފާހަގަކުރައްވާފައެވެ.
ބަޔަކު ވިސްނީ ރައީސް ޔާމީންގެ ސިޔާސީ ކެރިއަރު އެއްކޮށް ދުއްވާލެވޭނެ ކަމަށް. މީގެ އެކަމް އެމީހުންނަށް ނުވިސްނުނު އެއްޗަކީ ރައީސް ޔާމީންގެ ސިޔާސީ ކެރިއަރު ކީއްކުރަން ރައީސް ޔާމީން ދުއްވާލަން އެއޮތް ބޮޑު އިންޑިއާ މަސައްކަތް ކުރި އިރުވެސް އެކަމެއް ނުކުރެވުނު. އެހެންމަ ރާއްޖޭގައި އަދި ސިޔާސީ ގޮތުން ފުންނާބު އުސްކަމަށް ދެކިގެން އުޅޭ ޕްރޮފެސަރުން ހިސާބު ޖަހާފައި އެކަން އެގތައް ކުރަން އުޅުނަށް ނުވާނެކަމަށް އެމީހުން ވެސްމިހާރު ގަބޫލުކުރައްވާނެ.
ނާއިފް އިތުރަށް ވިދާޅުވީ އިންޑިއާއިން ނުވި ކަމެއް ރާއްޖޭގައި ސިޔާސީ ލިޑަރުންގެ ގޮތުގައި ދެކޭ މީހުން ކުރަން އުޅުން ނަމަވެސް އެކަމެއްނުވާނެ ކަމަށާއި އެކަން އެމީހުންވެސް ގަބޫލުކުރައްވާނެ ކަމަށެވެ.
މީގެއިތުރުން ރައީސް ޔާމީން ޕީޕީއެމް ދޫކުރައްވާނެ ކަމަސްވެސް އެބޭފުޅުން ހީނުކުރައްވާނެ ކަމަށް ވިދާޅުވެ ނާއިފް ވަނީ ފާޑުވިދާޅުވެފައެވެ.
ރައީސް ޔާމީން އަމިއްލަ ޕާޓީ ދޫކުރައްވާ ގިނިކަންޏާ ނުކުމެ އެކަނި ޕާޓީއެއްއުފައްދަވާފައިވުުމާއި ގުޅިގެން ގިނަ ބަޔަކު އަންނަނީ އެމަނިކުފާނަށް ތައުރީފު ކުރަމުންނެވެ. އަދި ވިދާޅުވަމުންދަނީ ރާއްޖޭގައި ރައީސް ޔާމީން ފަދަ ސިޔާސީ ލީޑަރކަު ނުހުންނާނެ ކަމަށެވެ.