ބްރޯޑްކޮމް އޮފީސް / ފޭސްބުކް
ހަބަރު
ބްރޯޑްކޮމްގެ މެމްބަރު ކަމަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި
Qudhrathullah Ameen
ގުދުރަތުﷲ އަމީން
06 އޭޕްރީލު 2025
މާލެ ސިޓީ

ބްރޯޑްކާސްޓިންގ ކޮމިޝަންގެ ނައިބު ރައީސްގެ މަޤާމުގައި ހުންނެވި މުޙައްމަދު ފަޒީން އިސްތިއުފާ ދެއްވުމާ ގުޅިގެން އެ ކޮމިޝަނުގެ މެންބަރުކަމަށް ކުރިމަތިލާން ހުޅުވާލައިފި އެވެ.

ރައީސް އޮފީހުން ކުރި އިއުލާނެއްގައި ބުނީ ބްރޯޑްކޮމްގެ މެންބަރަކު މަގާމުން އިސްތިއުފާ ދެއްވާފައިވާތީ، އެ މަގާމަށް މެންބަރަކު އައްޔަނުކުރަން ފުރުސަތު ހުޅުވާލީ އެޕްރިލް 15، ވަނަ ދުވަހުގެ މެންދުރު 12:00 ގެ ނިޔަލަށް ކަމަށެވެ.

ބްރޯޑްކޮމްގެ މެންބަރުކަމަށް ކުރިމަތިލުމަށް ޝައުގުވެރިވާ މީހުން މެންބަރުކަމަށް ކުރިމަތިލުމަށް އެދޭ ފޯމު، މެންބަރު ކަމަށް ކުރިމަތިލުމަށް އެދޭ މީހާގެ އިގުރާރު، ފުރިހަމަކޮށްފައިވާ ކުށާއި ދަރަނީގެ ރޯކޯޑު ފޯމު އަދި ކުރިމަތިލާ މީހާގެ ވަނަވަރު ހުށަހަޅަން ޖެހެނީ ރައީސް އޮފީހަށެވެ.

އެގޮތުން މެންބަރުކަމަށް ކުރިމަތިލާން ދީފައިވާ މުއްދަތުގައި ރަސްމީ ބަންދު ދުވަސްތައް ފިޔަވައި، އެހެން ދުވަސްތަކުގައި ހެނދުނު 8:30 އިން މެންދުރު 12:00 އަށް ރައީސް އޮފީހުން ފޯމުތައް ބަލައިގަތުމަށް ވަނީ ހަމަޖެހިފަ އެވެ.

ބްރޯޑްކޮމްގެ މެމްބަރުކަމުގެ މަގާމެއް ހުސްވީ، އެ ކޮމިޝަންގެ ނައިބު ރައީސް އަދި މެމްބަރު މުހައްމަދު ފަޒީން އިސްތިއުފާ ދެއްވުމުންނެވެ. ފަޒީން އިސްތިއުފާ ދެއްވީ ޖިންސީ ފުރައްސާރައިގެ ތުހުމަތުތަކާ ހެދި އޭނާގެ މައްސަަލައެއް ރައްޔިތުންގެ މަޖިލީހުން ބަލަމުން ދަނިކޮށެވެ.



ކޮމެންޓު
Copyright © 2013-2025 Media Ring Pvt Ltd.
All rights reserved