March 16, 2026
Advertisement
ދިރާސީ އަހަރުގެ ކިޔެވުން މިއަދު ފަށައިފި.
ދިރާސީ އަހަރުގެ ކިޔެވުން މިއަދު ފަށައިފި. / ކޯޕަރޭޓް މޯލްޑިވްސް

ދިރާސީ އަހަރުގެ ކިޔެވުން މިއަދު ފަށައިފި

Hussain Nawaf
ހުސައިން ނަވާފް
Apr 7, 2025, 08:30 PM

90،000 އަށް ވުރެ ގިނަ ދަރިވަރުންނާއެކު ދިރާސީ އަހަރުގެ ކިޔެވުން މިއަދު ފަށައިފި އެވެ.

Advertisement

ދިރާސީ އައު އަހަރުގެ ކިޔެވުމަށް މާލެސިޓީގެ އިތުރުން އަތޮޅުތެރޭގެ ސްކޫލުތަކުން ވަނީ ވަރަށް ބޮޑަށް ތައްޔާރުވެފައެވެ.

ހޯމަ ދުވަހު ސްކޫލުތަކުގެ ކިޔެވުން ފަށާފައިވާއިރު، އެޑިޔުކޭޝަން މިނިސްޓްރީން ބުނީ މާލެ ސަރަހައްދުގެ ގްރޭޑް އެކަކަށް 2،000 އަށްވުރެ ގިނަ ދަރިވަރުން އަލަށް ވައްދާފައިވާ ކަމަށާއި، މުޅި ރާއްޖެއިން 5،000 އަށްވުރެ ގިނަ ދަރިވަރުން ގްރޭޑް އެކަކަށް އަލަށް ވައްދާފައިވާ ކަމަށެވެ.

މި ދިރާސީ އައު އަހަރު އަތޮޅުތެރޭގެ ސްކޫލުތަކުން މާލޭ ސަރަހައްދުގެ ސްކޫލުތަކަށް 1،200 އަށްވުރެ ގިނަ ދަރިވަރުން ބަދަލުވެފައިވާކަން ފާހަގަކޮށް މިނިސްޓްރީން ބުނީ އަތޮޅުތެރޭގައި އެއް ސްކޫލުން އަނެއް ސްކޫލްއަށް 500 އަށްވުރެ ގިނަ ދަރިވަރުން ބަދަލުވެފައިވާ ކަމަށެވެ.

އަދި 90،000 އަށްވުރެ ގިނަ ދަރިވަރުންނާއެކު ކިޔެވުން ފަށާފައިވާއިރު، ސަރުކާރު ސްކޫލުތަކުގައި ޖުމްލަ 84،000 އަށް ވުރެ ގިނަ ދަރިވަރުން ކިޔަވަމުންދާ ކަމަށް އެޑިޔުކޭޝަން މިނިސްޓްރީން ބުނެއެވެ.

މީގެ އިތުރުން މިނިސްޓްރީން ބުނީ އެހެން އަހަރުތަކާއި އެއްގޮތަކަށް މި އަހަރުވެސް މާލެ ސަރަހައްދުގައި ކިޔަވާ ދަރިވަރުންގެ އަދަދު އިތުރު ކަމަށާއި، މި އަހަރު ކިޔަވާ ދަރިވަރުންގެ 33 އިންސައްތަ ދަރިވަރުން ކިޔަވަނީ މާލެ ސަހަރައްދުގެ ސްކޫލުތަކުގައި ކަމަށެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved