March 16, 2026
Advertisement
ޖޭއެސްސީގެ މެމްބަރުކަމަށް ފަނޑިޔާރު ޝަހީދު ހުވާ ކުރެއްވުން
ޖޭއެސްސީގެ މެމްބަރުކަމަށް ފަނޑިޔާރު ޝަހީދު ހުވާ ކުރެއްވުން / ރައީސް އޮފިސް

ޖޭއެސްސީގެ މެންބަރު ކަމަށް ފަނޑިޔާރު ޝަހީދު މިއަދު އައްޔަނުކުރައްވައިފި

Hussain Nawaf
ހުސައިން ނަވާފް
Apr 7, 2025, 10:10 PM

ޖުޑީޝަލް ސާވިސް ކޮމިޝަން ޖޭއެސްސީގެ މެންބަރު ކަމަށް ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަލްއުސްތާޒު ހުސައިން ޝަހީދު މިއަދު އައްޔަނުކުރައްވައިފިއެވެ.

Advertisement

ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި މިއަދު ހެނދުނު ބޭއްވި ރަސްމިއްޔާތެއްގައި ޝަހީދުއަށް ޖޭއެސްސީގެ މެންބަރު ކަމުގެ ހުވާލައިދެއްވީ ސުޕްރީމް ކޯޓުގެ ފަނޑިޔާރު ޑރ. މުހައްމަދު އިބްރާހީމެވެ.

ޝަހީދު ޖޭއެސްސީގެ މެންބަރު ކަމަށް އައްޔަންކުރައްވައި އެކަމުގެ ލިޔުން އޭނާއާ ހަވާލުކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒެވެ.

ޖޭއެސްސީގެ މެންބަރެއްގެ ގޮތުގައި ޝަހީދު ހުންނަވަނީ ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ ފަރާތުންނެވެ.

ސުޕްރީމް ކޯޓުގެ ފަނޑިޔާރު ކަމަށް ހުސައިން ޝަހީދު އައްޔަންކުރައްވާފައިވަނީ މިދިޔަ މާޗް މަހުގެ 19 ވަނަ ދުވަހެވެ.

ސުޕްރީމް ކޯޓަށް ޝަހީދު މިއަދު ހަމަ ޖެއްސިއިރު، އެ ކޯޓުގެ ދެ ފަނޑިޔާރަކު ތިބީ ޖޭއެސްސީން ސަސްޕެންޑްކޮށްފައެވެ. އެއީ ފަނޑިޔާރު ޑރ. އަޒްމިރާލްދާ ޒާހިރު އަދި ފަނޑިޔާރު މަހާޒް އަލީ ޒާހިރު އެވެ.

ޖޭއެސްސީއަކީ ފަނޑިޔާރުންގެ މައްސަލަ ބެލުމާއި، ފަނޑިޔާރުން ވަކިކުރުމާއި އައްޔަންކުރުން ހިމެނޭ ގޮތަށް ފަނޑިޔާރުން ރެގިއުލޭޓް ކުރަން ގާނޫނުއަސާސީން އެކުލަވާލާފައިވާ ކޮމިޝަނެކެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved