March 19, 2026
Advertisement
ރައްޔިތުންގެ މަޖިލިސް
ރައްޔިތުންގެ މަޖިލިސް / -

ރިސެސްއިން އައިސް މަޖިލީހުގެ އެންމެ ޖަލްސާއެއް ބާއްވައި މިއަދުގެ ޖަލްސާ ކެންސަލްކޮށްފި

Hussain Nawaf
ހުސައިން ނަވާފް
Apr 8, 2025, 09:54 PM

ރައްޔިތުންގެ މަޖިލީހުގެ މަސައްކަތްތައް ފެށުމަށްފަހު އެންމެ ޖަލްސާއެއް ބާއްވައި މިއަދުގެ ޖަލްސާ ކެންސަލްކޮށްފިއެވެ.

Advertisement



ރަމަޟާން މަހުގެ ފަހު 10ގެ ބަންދާއި، އީދު ބަންދަށްފަހު މަޖިލީހުގެ މަސައްކަތްތައް ފެށީ އިއްޔެއެވެ. އިއްޔެގެ ޖަލްސާގައި ވެސް ސަރުކާރުގެ ފަރާތުން ގަރާރެއް ނުވަތަ ކުއްލި މައްސަލައެއް ހުށަހަޅައިފައެއް ނުވެއެވެ.



އިއްޔެގެ ޖަލްސާގައި ފަލަސްތީނުގެ މުސްލިމުންނާ ދެކޮޅަށް އަނިޔާވެރި ނަސްލު ނައްތާލުމުގެ ޖަރީމާތަކެއް ހިންގަމުން ދާ ސަހްޔޫނީ ޕާސްޕޯޓުގައި ރާއްޖެއަށް މީހުން އެތެރެވުން ހުއްޓުވުމަށް މަޖިލީހަށް ހުށަހަޅާފައިވާ މައްސަލަ އަވަސްކުރަން ގޮވައިލައި، ކެންދޫ ދާއިރާގެ މެންބަރު މައުރޫފް ޒާކިރު ކުއްލި މައްސަލައެއް ހުށަހެޅުއްވިއެވެ.



ނަމަވެސް އެ މައްސަލައަކީ ގަވައިދަށް ފެތޭ މައްސަލައެއް ނޫންކަމަށް ނިންމައި ބަލައިނުގަންނަން ރިޔާސަތުން ނިންމީއެވެ.



މާލިއްޔަތު ކޮމިޓީ ފިޔަވާ އެހެން އެއްވެސް ކޮމިޓީއެއްގައި ވެސް މިއަދު މަސައްކަތެއް އެޖެންޑާގައި ނެތެވެ. އެ ކޮމިޓީގައި އެޖެންޑާކޮށްފައި އޮތީ ހުށަހެޅިފައިވާ މައްސަލަތައް ދިރާސާކުރުމެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved