March 21, 2026
Advertisement
ރައީސް ޔާމީން
ރައީސް ޔާމީން / ތޭރަ އޮންލައިން

ނޫމަޑި މައްސަލައިގެ ކޮރަޕްޝަންގެ ހުރިހާ ހިސާބެއް ހުރީ ހިޝާމް ވަޖީހްގެ އަތުގައި: ރައީސް ޔާމީން

Hussain Nawaf
ހުސައިން ނަވާފް
Apr 9, 2025, 06:37 PM

ނޫމަޑި މައްސަލައިގެ ކޮރަޕްޝަންގެ ހުރިހާ ހިސާބެއް ހުރީ މިނިސްޓަރ އެޓް ދަ ޕްރެޒިޑެންޓްސް އޮފީސް ފޮރ ލީގަލް އެފެއާޒް އަލްއުސްތާޛު އަޙްމަދު ހިޝާމް ވަޖީހްގެ އަތުގައިކަމަށް ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ވިދާޅުވެއްޖެއެވެ.

Advertisement

ރައީސް ޔާމީން މިފަދައިން ވިދާޅުވެފައިވަނީ ޕީޕްލަސް ނޭޝަނަލް ފްރަންޓް ޕީއެންއެފްގެ ފްރަންޓް އޮފީސް ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ.

އެގޮތުން ސަރުކާރުގެ ތެރެއިން ހިނގާ ކޮރަޕްޝަންގެ އަމަލުތަކުގެ ހިސާބުތައް ހުރީ ހިޝާމްގެ ބައްޕަ އަދި މޯލްޑިވްސް ޕޯޓްސް ލިމިޓެޑްގެ ކުރީގެ ސީއީއޯ މުހައްމަދު ވަޖީހު އިބްރާހީމްގެ އަތުގައިކަމަށް ރައީސް ޔާމީން ވިދާޅުވިއެވެ.

އަދި ނޫމަޑި މައްސަލައިގެ ކޮރަޕްޝަންގެ ހުރިހާ ހިސާބެއް ހުރީ ހިޝާމްގެ އަތުގައިކަމަށް ވިދާޅުވެ ރައީސް މުއިއްޒަށް ހިޝާމާއި ދެކޮޅަށް ފިޔަވަޅެއް އަޅުއްވަން ނުކެރިގެން އުޅޭ ސަބަބަކީ އެއީ ކަމަށް އެމަނިކުފާނު ފާހަގަ ކުރެއްވިއެވެ.

މިހާރު ލޯޔަރ ކްލަޔަންޓް ސީކްރެސީ އޮވެގެން ނުވާނެ. މިއީ ދައުލަތުގެ ބޮޑު އަދަދުން ދައުލަތަށް ގެއްލުން ދިން މައްސަލައެއް މިއުޅެނީ. މި މައްސަލައަކީ ޖިނާއީ މައްސަލައެއްގެ ގޮތުގައި މި ސަރުކާރު ބަދަލުވުމުން ބެލޭނެ. ހިޝާމް މިކަމަށް ކެއާފުލް ވާން ޖެހޭނެ. މިހާރު އެ މައްސަލަ ނިމިއްޖެ. ހިޝާމްއަށް އިނގޭނެ ހަދައިފައި ހުރި ގޯސް.

ރައީސް ޔާމީން

އެ މައްސަލައިގައި ރައީސް މުއިއްޒު ހައްދަވާފައިވާ ގޯސްތައް ހިޝާމަށް އިނގޭނެކަމަށް ރައީސް ޔާމީން ފާހަގަ ކުރެއްވިއެވެ.

ޕޭޝަންޓް ޑޮކްޓަރ ކޮންފިޑެންޝިއާލިޓީއަކީ އޮންނަ އެއްޗެއްކަމާއި ނަމަވެސް ރާއްޖޭގައި ވަކި ބާވަތެއްގެ ބައްޔެއް ޖެހުން އިތުރުވާނަމަ ޑޮކްޓަރުންވެސް އެ ވާހަކަތައް ދައްކާކަމަށް ރައީސް ޔާމީން ފާހަގަ ކުރެއްވިއެވެ.

އެހެންކަމުން ހިޝާމަށް ލޯޔަރ ކްލަޔަންޓް ކޮންފިޑެންޝިއާލިޓީގެ ފަހަތުގައި ބޮޑު ތަޅު އަޅުވައިގެން ނީނދެވޭނެކަމާއި އެއީ ޖިނާއީ މައްސަލައެއްކަން ފާހަގަކޮށް އެ މައުލޫމާތުތައް ހާމަ ކުރަން ޖެހޭކަމަށް ރައީސް ޔާމީން ވިދާޅުވިއެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved