March 21, 2026
Advertisement
ރައީސް ޔާމީން ފްރޮންޓް އޮފީސް ޖަލްސާގައި ވާހަކަދައްކަވަނީ
ރައީސް ޔާމީން ފްރޮންޓް އޮފީސް ޖަލްސާގައި ވާހަކަދައްކަވަނީ / ތޭރަ އޮންލައިން

ގައުމީ ސަލާން ކިޔަމުން މިހާރު މިދަނީ ވައްކަން ކުރަމުން: ރައީސް ޔާމީން

Apr 11, 2025, 03:34 AM
މާލެ ސިޓީ

ރައީސް ޑރ މުހައްމަދު މުއިއްޒުގެ ސަރުކާރުގައި މިހާރު ގެންދަނީ ގައުމީ ސަލާން ކިޔަމުން ވައްކަން މެކުހަށް ޖަހަމުން ކަމަށް ރައީސް އަބްދުﷲ ޔާމީން ވިދާޅުވެއްޖެއެވެ.

Advertisement

ރައީސް ޔާމީން މިފަދައިން ވިދާޅުވީ ރޯދަ މަހުގެ ފަހު ދިހައަށް ޕީއެންއެފްގެ ޖަލްސާތައް މެދު ކަނޑާލުމަށް ފަހު އަލުން ޖަލްސާތައް ފަށާ މިރޭ ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުންނެވެ.

ރައީސް ޔާމީން ވިދާޅުވީ ރޯދަ މަހެއް އައުމުން ޖިންނި ޝައިޠާނުން ކަސްތޮޅު އެޅުވި ނަމަވެސް ސަރުކާރުގެ ވައްކަމާ ކޮރަޕްޝަނާ އިންސާނީ ހައްގުތަަކަށް އަރައިގަތުމަށް ރޯދަ މަސް ވެސް އައިހެން ހީނުވާ ކަމަށާ އެގޮތުން އެމަނިކުފާނު ވަނީ މޯލްޑިވްސް ގޭސްގެ ތެރެއިން ކޮށްފައިވާ ކަމަށް މަޖިލީހުގެ ނައިބު ރައީސް އަހުމަދު ނާޒިމު ވިދާޅުވި ވައްކަމަށް އިޝާރާތްކުރައްވާފައެވެ.

އެ ކަމަށް އިޝާރާތްކުރައްވާ ރައީސް ޔާމީން ވިދާޅުވީ، ސަރުކާރުގެ ވެރިން ގެންދިޔައީ ރޯދަ ހިފައިގެން ތިބެ ވައްކަން ކުރަމުން ކަމަށެވެ. ރައީސް ޔާމީން ވިދާޅުވީ މައްސަލަ ފެންމަތިވަނީ މުލިއާގެއަށް ޖިޒީ ނުދައްކާ މީހުންގެ ކަމަށާ ސަރުކާރު ޒިންމާދާރު ކުރުމުގައި އެންމެ އިސް މީހުން ވަނީ ފެއިލްވެފައި ކަމަށެވެ.

އެގޮތުން ރައީސް ޔާމީން ވަނީ މަޖިލިސް މެމްބަރުން މިއަދު ތިބީ ފެއިލްވެފައި ކަމަށް ދޭހަވާ ފަދަ މޭރުކަމުން ވާހަކަފުޅު ދައްކަވާފައެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved