March 19, 2026
Advertisement
މަހާޒު އަދި އަޒްމިރަލްދާއަށް ވަނީ މާދަމާ ޖޭއެސްސީއަށް ހާޒިރުވުމަށް އަންގާފައި
މަހާޒު އަދި އަޒްމިރަލްދާއަށް ވަނީ މާދަމާ ޖޭއެސްސީއަށް ހާޒިރުވުމަށް އަންގާފައި / ސޯޝަލް މީޑިއާ

އަޒްމިރަލްދާއާ މަހާޒުއަށް ކުރާ ތުހުމަތުތަކާ ގުޅޭ ތަހުގީގުގެ ފަހުން އަޑު އެހުން މާދަމާ!

Mariyam Isaadha
މަރިޔަމް އިސާދާ
Apr 13, 2025, 12:06 AM
މާލެ ސިޓީ

ސުޕްރީމް ކޯޓުގެ ދެ ފަނޑިޔާރުންކަމަށްވާ ފަނޑިޔާރު މަހާޒް އަލީ ޒާހިރާއި ފަނޑިޔާރު ޑރ. އަޒްމިރާލްދާ ޒާހިރުގެ މައްޗަށް ޖުޑީޝަލް ސާވިސް ކޮމިޝަނުން ކުރަމުންދާ ތަހުގީގުގެ ފަހު އަޑުއެހުން މާދަމާއަށް ތާވަލްކޮށްފިއެވެ.

Advertisement

އެ ދެ ފަނޑިޔާރުންނަށް މިހާރު ވަނީ މާދަމާ ޖޭއެސްސީއަށް ހާޒިރުވުމަށް އަންގާފައެވެ. ޖޭއެސްސީއަށް ހާޒިރުވުމަށް އަޒްމިރާލްދާއަށް އަންގާފައި ވަނީ މާދަމާ ހެނދުނު 10:00 އަށެވެ. މަހާޒް އަށް އަންގާފައި ވަނީ 12:00 އަށެވެ.

އަޒްމިރަލްދާ އަދި މަހާޒުގެ މައްޗަށް ކުރާ ތުހުމަތަކީ ކްރިމިނަލް ކޯޓުގެ ފަނޑިޔާރުންނަށް ނުފޫޒު ފޯރުވި ކަމަށް ބުނެ ކުރާ ތުހުމަތުތަކެކެވެ. ނަމަވެސް ދެ ފަނޑިޔާރުންވެސް ވަނީ އެކަމަށް އިންކާރުކުރައްވާފައެވެ.

މީގެ އިތުރުން މައްސަލައަކާ ގުޅިގެން ސުޕްރީމް ކޯޓަށް ލިބެންޖެހޭ މުހިންމު ލިޔެކިޔުންތަކެއް ފޯރުކޮށްދިނުމަށް ދެކޮޅު ހަދައިގެން ހައި ކޯޓުގެ ކުރީގެ ރަޖިސްޓްރާ ހުސެއިން މުހައްމަދު ހަނީފު ހާޒިރުކޮށް ޖަވާބުދާރީ ކުރި ތަނުގައި ފަނޑިޔާރު މަހާޒް އަލީ ޒާހިރު އާއި ފަނޑިޔާރު ޑރ. އަޒްމިރަލްދާ ޒާހިރު ތިއްބެވި މައްސަލަ ވެސް ޖޭއެސްސީން އަންނަނީ ސުލޫކީ މައްސަލައެއްގެ ގޮތުގައި ތަހުގީގު ކުރަމުންނެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved