

މުދަލު ޒަކާތުގެ ގޮތުގައި 34.7 މިލިޔަން ރުފިޔާ ލިބިއްޖެއެވެ.
މިކަން ހާމަވެފައިވަނީ މޯލްޑިވްސް އިންލޭންޑު ރެވެނިއު އޮތޯރިޓީ މީރާ އިން ނެރުނު ތަފާސްހިސާބުތަކުންނެެވެ.
މި އަހަރުގެ ފުރަތަމަ ތިން މަސް ދުވަހުގެ ތެރޭގައި 34.7 މިލިޔަން ރުފިޔާ މުދަލުގެ ޒަކާތުގެ ގޮތުގައި ލިބުނު އިރު މިއީ މިދިޔަ އަހަރާއި އަޅާ ބަލާއިރު 47.6 އިންސައްތަ ކުރިއެރުމެއްކަން ފާހަގަ ކުރެވެއެވެ.
އެގޮތުން މިދިޔަ އަހަރުގެ މި މުއްދަތުގައިިި ލިބިފައިވަނީ 23.5 މިލިއަން ރުފިޔާއެވެ.
މިދިޔަ އަހަރު މުދަލު ޒަކާތުގެ ގޮތުގައި ދައުލަތަށް ޖުމަލަ 101.9 މިލިޔަން ރުފިޔާ ލިބިފައިވެއެވެ. މިއީ 2023 ވަނަ އަހަރު މުދަލު ޒަކާތުގެގޮތުގައި ލިބުނު 90.2 މިލިޔަން ރުފިޔާއާ އަޅާ ބަލާއިރު %12.9 އިތުރު އަދަދެކެވެ.
އަހަރުގެ ކޮންމެ ދުވަސްވަރެއްގަ މުދަލު ޒަކާތް ދެއްކިދާނެއެވެ. އެއީ އަތުގައި ހުރި މުދަލުން އަހަރު ވުމަށްފަހު ދައްކަންޖެހޭ ދީނީ ވާޖިބެކެވެ. ރަންރިހީގެ އަގަށް އަންނަ ބަދަލާއި ގުޅިގެން، ކޮންމެ އަހަރެއްގައި ވެސް މުދަލުޒަކާތް ދައްކަންޖެހޭ ވަރަށް ބަދަލު އާދެއެވެ. މުދަލުން ޒަކާތް ވާޖިބުވާ ވަރު ރާއްޖޭގައި ބަލަމުން އަންނަނީ ރިހީގެ އަގުންނެވެ. އަތުގައި އެވަގުތަކު ހުރި މުދަލުން ނިސާބު ހަމަވާނަމަ އޭގެއިން 2.5 އިންސައްތަ ޒަކާތުގެ ގޮތުގައި ދެއްކުން ކޮންމެ މުސްލިމެއްގެ މައްޗައް ވާޖިބުވާނެއެވެ.