ރައީސް މުއިއްޒު ރައީސް ޔާމީން އަރިހުގައި. / ސޯޝަލް މީޑިއާ
ސިޔާސީ
ރައީސް މުއިއްޒު ކުރަނީ އެންމެ ކަމެއް، އެއީ މަގާމު ދިފާއުކުރުން: ރައީސް ޔާމީން
Mariyam Isaadha
މަރިޔަމް އިސާދާ
15 އޭޕްރީލު 2025
މާލެ ސިޓީ

ރައީސް ޑރ މުހައްމަދު މުއިއްޒު ގައުމަށް ފައިދާ އެއްވެސް ކަމެއް ނުކުރައްވާ ކަމަށާ އެމަނިކުފާނު ގެންދަވަނީ ފައިސާ ޚަރަދުކުރައްވައިގެން ހަމައެކަނި އެމަނިކުފާނުގެ މަގާމު ދިފާއުކުރައްވަމުން ކަމަށް ރައީސް އަބްދުﷲ ޔާމީން ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިފަދައިން ވިދާޅުވީ، ބުރާސްފަތި ދުވަހުގެރޭ ބޭއްވި ޕީއެންއެފްގެ ޖަލްސާގައި އޯޑިއެންސްގައި އިންނަވާ ދެއްކެވި ވާހަކަފުޅުގައެވެ. އެމަނިކުފާނު ވަނީ ރާއްޖެއަށް ކޮންޓްރެކްޓު ފައިނޭންސް މި ސަރުކާރަށް ގެނެވޭނެ ކަމާ މެދު ދައްކަމުން ދާ ވާހަކަތަކަށް އިޝާރާތްކުރައްވާފައެވެ. އެގޮތުން ރައީސް ޔާމީން ވިދާޅުވީ އިގްތިސޯދު އިނދަ ޖެހި އުދެއްދުންތެރިކަން ވަޅު ޖެހިފައިވާ ގައުމަކަށް ކޮންޓްރެކްޓު ފައިނޭންސް ދޭނެ ބަޔަކު ނުތިބޭނެ ކަމަށާ އެކަމުގައި ސަރުކާރުން ގެންދަނީ އޮޅުވާލަމުން ކަމަށެވެ.

އެގޮތުން ރައީސް ޔާމީން ވިދާޅުވީ، މި ގައުމުގެ ބަޖެޓާ އިގްތިސޯދީ ހާލަތުވެސް ދުނިޔޭގެ އިންވެސްޓަރުން ދިރާސާކޮށް ބަލާ އޮޅުންފިލުވާ ކަމަށާ ދުނިޔޭގެ މާލީ އިދާރާތައް ނުވަތަ ކްރެޑިޓު ރޭޓިންސް ވެސް އޮތީ ދަށްކޮށްފައިކަމަށާ ދިވެހި އިގްތިސޯދުގައި އެޕަޓައިޓު ނެތް ކަމަށާ ކޮންޓްރެކްޓަރ ފައިނޭންސް ނުލިބޭނެ ކަމަށެވެ.

ރައީސް ޔާމީން ވިދާޅުވީ ރައީސް މުއިއްޒަކީ އެހެން މީހުންގެ އަޑު އައްސަވާ ދޭ ލަފާ ގަބޫލުކުރައްވާ ބޭފުޅެއް ނޫން ކަމަށާ އަބަދުވެސް މަސައްކަތްޕުޅު ކުރައްވަނީ ފައިސާ ހޮދައިގެން މަގާޟު ދިފާއުކުރެއްވުމަށް އެ ފައިސާ ޚަރަދުކުރެއްވުމަށް ކަމަށެވެ.

ރައީސް ޔާމީން ވިދާޅުވީ ރާއްޖޭގެ އިގްތިސޯދީ ހާލަތު މިހަރު އޮތީ ސައި ފުރޭންޏަކަށްވުރެވެސް ހާލަތު ދަށް ކޮށް ކަމަށެވެ.

ކޮމެންޓު
Copyright © 2013-2025 Media Ring Pvt Ltd.
All rights reserved