May 4, 2026
Advertisement
ރައީސް މުއިއްޒު ޕޮޑްކާސްޓް ޝޯގައި ވާހަކަފުޅު ދައްކަވަނީ.--
ރައީސް މުއިއްޒު ޕޮޑްކާސްޓް ޝޯގައި ވާހަކަފުޅު ދައްކަވަނީ.-- / ރައީސް އޮފިސް

515 ދުވަސް ފަހުން ނޫސްކޮންފަރެންސެއް ރައީސް މުއިއްޒު ބާއްވަނީ

Hussain Nawaf
ހުސައިން ނަވާފް
Apr 17, 2025, 10:06 PM

ރައީސް ޑރ. މުހައްމަދު މުއިއްޒު ނޫސްވެރިންނާ ބައްދަލުނުކުރައްވާތާ 515 ދުވަސް ފަހުން ނޫސްކޮންފަރެންސެއް ބާއްވާނެ ކަމަށް ހާމަކޮށްފިއެވެ.

Advertisement

ރައީސް މުއިއްޒު މިފަދައިން ހާމަކޮށްފައިވަނީ އެމަނިކުފާނު ކުރިއަށް ގެންދަވާ 'ރައްޔިތުންނާ އެކު' ޕޮޑްކާސްޓުގައި ވާހަކަދައްކަވަމުންނެވެ.

އެގޮތުން ނޫސްވެރިންނާ ބައްދަލުކުރައްވާނީ ބައިނަލްއަގުވާމީ ނޫސްވެރިކަމުގެ މިނިވަންކަމުގެ ދުވަހު ނުވަތަ އަންނަ މަހުގެ 3 ގައެވެ.


އަޅުގަނޑު މިހާރު ނިންމާ އޮންނާނެ ތިނެއް މެއި، އެއީ ޕްރެސް ފްރީޑަމް ދުވަސް، އެ ދުވަހު އިރާދަކުރެއްވިއްޔާ އަޅުގަނޑު ނޫސްވެރިންނާ ބައްދަލުކުރާނަން.

ރައީސް މުއިއްޒު

ރައީސް މުއިއްޒު ވަނީ އެ ދުވަހަށް ނޫސްވެރިންނާއި މީޑިއާތަކުން ތައްޔާރުވުމަށް ދައުވަތު ދޭ ކަމަށް ވެސް ވިދާޅުވެފަ އެވެ. ކޮންމެ ސުވާލެއް ވެސް ކުރެއްވޭނެ ކަމަށް ރައީސް ވިދާޅުވިއެވެ.

ވެރިކަމަށް 17 މަހަށް ވުރެއް ގިނަ ދުވަސް ވީ އިރު ރައިސް މުއިއްޒަށް ބޭއްވުނީ ހަމައެކަނި އެންމެ ޕްރެސް ކޮންފަރެންސެކެވެ. އެއީ ޑިސެމްބަރު 5 ވަނަ ދުވަހު 2023 ވަނަ އަހަރުގައި ރައީސް އޮފީހުގައި ބޭއްވި ބައްދަލުވުމެކެވެ.

ރައީސް މިފަދައިން ވިދާޅުވެފައިވާ އިރު ފާހަގަކޮށްލެވޭ ގޮތުގައި ސަރުކާރުން ދަނީ ގިނަ މީޑިއާތަކަށް ނުފޫޒު ފޯރުވުމަށް މަސައްކަތް ކުރަމުންނެވެ.

އެގޮތުން ޗެނަލް13 އިން ގެނެސްދިން ބެލްކަނި ޑޮކިއުމެންޓްރީ އާއި ރާއްޖެ ޓީވީން ގެނެސްދިން ދިވެހިން ހަމަ ފުނޑިއްޖެއޭ، މިވަރުން ދެން ފުދިއްޖެއޭ ލަވަ އާއި ގުޅިގެން ބްރޯޑްކޮމް އިން ދަނީ އެ މައްސަލަތައް ބަލަމުންނެވެ.

އަދި ސަރުކާރުގެ ވިސްނުން މިވަގުތު ހުރީ އޮޕޮޒިޝަން މީޑިއާތަކަށް ޖެއްސުން ކުރުމަށްކަން ދޭހަވާ ފަދަ މޭރުމަކުން ދަނީ މަންޒަރުތައް ފެންނަމުންނެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved