March 23, 2026
Advertisement
ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ޕީއެންެއެފް ޖަލްސާގައި
ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ޕީއެންެއެފް ޖަލްސާގައި / ޝަފްރާޒް | ތޭރަ އިމޭޖްސް

ތައުލީމީ ދާއިރާގެ ހާލަތަކަށް ބަދަލެއް ނާދޭ، ހާލަތު ހުރީ ކުރިންހެން: ރައީސް ޔާމީން

Aishath Naja
އައިޝަތު ނަޖާ
Feb 16, 2024, 03:07 AM

ތައުލީމީ ދާއިރާގެ ހާލަތަކަށް ބަދަލެއް އަދިވެސް ނާދޭ ކަމަށާއި ހާލަތު ހުރީ އެންމެ ކުރީގައި ވެސް ހުރިގޮތައް ކަމަށް ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ވިދާޅުވެއްޖެއެވެ.

Advertisement

20 ވަނަ ރައްޔިތުންގެ މަޖިލީހުގައި ޕީއެންއެފްގެ ފަރާތުން ވާދަކުރެއްވުމަށް ޝައުގުވެރިކަން ފާޅުކޮށްފައިވާ ކެންޑިޑޭޓުން ތައާރަފް ކުރުމަށްޓަކައި ސިލްސިލާ ގޮތެއްގައި ބާއްވަމުންދާ ޖަލްސާތަކުގެ ތެރެއިން ބުރާސްފަތި ދުވަހުގެ ރޭ ބޭއްވުނު ޖަލްސާގައި ހުރާ ދާއިރާ އަށް ވާދަ ކުރައްވާ ކެންޑިޑޭޓަށް ޖަވާބު ދެއްވަމުން ރައީސް ޔާމީން ވަނީ ތައުލީމީ ދާއިރާގައި ހުރި ކަންބޮޑުވުންތައް ފާހަގަކުރައްވާފައެވެ.

ރައީސް ޔާމީން މިފަދައިން ވިދާޅުވީ އެ ކެންޑިޑޭޓް ހުރާ އަށް ވަޑައިގެން އެ ރަށުގައި ހުރި ކަންކަން ބައްލަވަމުން ގެންދަވަނިކޮށް އެ ރަށުގެ ސްކޫލްގެ ޕީޓީއޭގެ ފަރާތުން އެ ސްކޫލްގެ އެކައުންޓްސް ކިިޔަވައިދޭނެ ޓީޗަރެއް ނެތިގެން ކަންބޮޑުވުން ފާޅުކުރުމުން އެކަމަށް ރައީސް ޔާމިންގެ ލަފާޔާ އެއްގޮތައް ހައްލު ގެނެސްދެވިއްޖެކަމަށް ވިދާޅުވުމުންނެވެ.

މިއީ މީގެ ކޮންޒަމާނެއްގައި، އަޅުގަނޑު ރައްޔިތުންގެ މަޖިލީހަށް ކުރިމަތިލި، އަޅުގަނޑުވެސް ޖެހުނު އަޅުގަނޑުގެ ދާއިރާގައި ބައެއް ރަށްރަށުގައި ޓީޗަރުން ނެތިގެން ހަމަ ޓީޗަރުން ދާއިމީ ކޮށް އަޅުގަނޑުގެ ހަރަދުގައި ޓީޗަރުން ހޯދައިދިނުން. އޭގެ މާނައަކީ ސިޗުއޭޝަން ހެޒް ނޮޓް އިމްޕްރޫވްޑް. އަދި ވަކި އެޔަކަށް ހައްލެއްވެސް ނުލިބޭ

ރައީސް އަބްދުﷲ ޔާމިން އަބްދުލްގައްޔޫމް

ރައީސް ޔާމީން އިތުރަށް ވިދާޅުވީ، އެމަނިކުފާނުވެސް މަޖިލީހަށް ކުރިމަތިލެެއްވި އިރު ތައުލީމީ ދާއިރާގައި ހުރީ މިފަދަ ކަންބޮޑުވުންތަކެއްކަމަށެވެ.

ތައުލީމީ ދާއިރާ އަކީ ވަރަށް މުހިންމު ދާއިރާއަކަށް ވެފައިވާއިރު ގިނަ ފަރާތްތަކުން މިކަމަށް އެއްވެސް ވަރަކަށް އަހަމިއްޔަތުކަމެއް ނުދެއްވާކަމީ ހިތާމަކުރަންޖެހޭކަމެއް ކަމަށްވެސް ރައީސް ޔާމީން ފާހަގަކުރެއްވިއެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved