April 15, 2026
Advertisement
މަލީހް ޖަމާލް ވާހަކަ ދައްކަނީ
މަލީހް ޖަމާލް ވާހަކަ ދައްކަނީ / ސޯޝަލް މީޑިއާ

މުއިއްޒުގެ ދޯހަޅި ސިޔާސަތުގެ ސަބަބުން ޓުއަރިޒަމް ދާއިރާއަށް އިންވެސްޓަރުން ނުލިބޭ: މަލީހު

Mariyam Isaadha
މަރިޔަމް އިސާދާ
Apr 18, 2025, 04:27 AM
މާލެ ސިޓީ

ރައީސް މުހައްމަދު މުއިއްޒުގެ ދޯހަޅި ސިޔާސަތުގެ ސަބަބުން ޓުއަރިޒަމް ދާއިރާއަށް އިންވެސްޓަރުން ނުލިބޭ ކަމަށް ޕީއެންއެފުގެ ސެކެރެޓަރީ ޖެނެރަލް މުހައްމަދު މަލީހު ޖަމާލު ވިދާޅުވެއްޖެއެވެ.

Advertisement

ޕީއެންއެފުގެ ޖަލްސާގައި ވާހަަކަ ދައްކަވަމުން މަލީހު ވިދާޅުވީ ޑޮލަރު މާރު ކުރަން ވިޔަފާރިވެރިންނަށް މަޖްބޫރު ކުރުވާ ރައީސް މުއިއްޒު ގާނޫނު ހެދި ފަހުންވެސް 120އަށް ވުރެ ގިނަ ދުވަސް ވެފައިވާއިރު ވެސް ޑޮލަރުގެ މައްސަލައަށް ހައްލު ނުލިބޭ ކަމަށެވެ.

އެގޮތުން މިހާރުވެސް ޑޮލަރު ހުރީ 19 ރުފިޔާއަށް ވުރެ ބޮޑުކޮށް ކަމަށާ އެހެންކަމުން ރައީސް މުއިއްޒުގެ ނަމުން މޮޅު ސިޔާސަތުތަކުގެ އާރެއް ނެތް ކަން ހާމަވާ ކަމަށެވެ.

މަލީހު ވިދާޅުވީ ރައީސް މުއިއްޒު އެ ސިޔާސަތުތަކުގެ ސަބަބުން ދިވެހި ރިސޯޓުތަކުގައި މަސައްކަތްކުރާ ޒުވާނުން ވެސް މިއަދު އަތްމަތި ދަތިވެފައިވާ ކަމަށެވެ.

މަލީހު ވިދާޅުވީ ރައީސް މުއިއްޒުއަކީ އެއްވެސް ހަރުދަނާ ސިޔާސަތެއް ނެތް ބޭފުޅެއް ކަމަށެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved