March 19, 2026
Advertisement
މަހާޒު އަދި އަޒްމިރަލްދާ ފަނޑިޔާރުކަމުން ވަކިކުރަން ނިންމައިފި
މަހާޒު އަދި އަޒްމިރަލްދާ ފަނޑިޔާރުކަމުން ވަކިކުރަން ނިންމައިފި / ސޯޝަލް މީޑިއާ

މަހާޒުއާ އަޒްމިރަލްދާ ފަނޑިޔާރުކަމުން ވަކި ކުރަން ނިންމައިފި

Mariyam Isaadha
މަރިޔަމް އިސާދާ
Apr 18, 2025, 08:33 PM
މާލެ ސިޓީ

މަހާޒު އަލީ ޒާހިރާއި ޑރ. އަޒްމިރަލްދާ ޒާހިރު ފަނޑިޔާރުކަމުން ވަކިކުރުމަށް، ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)ގެ ތަހުގީގު ކޮމިޓީން ނިންމައިފިއެވެ.

Advertisement

ޖޭއެސްސީން އަޒްމިރަލްދާއާ މަހާޒުގެ މައްޗަށް ކުރަނީ އޭނާގެ ފިރިކަލުން ޑރ. އިސްމާއިލް ލަތީފް މަސާޖު ޕާލާއަކުން ހައްޔަރުކޮށްގެން ކްރިމިނަލް ކޯޓަށް ހާޒިރުކުރުމުން އޭނާ ބަންދުން ދޫކޮށްލަން އެ ކޯޓުގެ ގާޒީންނަށް ނުފޫޒު ފޯރުވި ކަމަށް ބުނާ މައްސަލައިގެ ތުހުމަތެވެ.

މައްސަލައިގެ ފަހު އަޑު އެހުން އެޕްރިލު މަހުގެ 13 ވަނަ ދުވަހު ބާއްވާފައިވާއިރު، ރޭގެ ވަގުތެއްގައި ޖޭއެސްސީގެ ތަހުގީގު ކޮމިޓީގެ ބައްދަލުވުމެއް ބާއްވާފައިވެއެވެ. އެ ބައްދަލުވުމުގައި މައްސަލަައިގައި ކޮމިޓީއިން އެކުލަވާލި ފަހު ރިޕޯޓަށް ޖަވާބުދާރީވުމަށް ފަނޑިޔާރުންނަށް ފޮނުވުމާ މެދު ގޮތެއް ނިންމުން ކުރިއަށް ގެންގޮސްފައިވެއެވެ. އަދި އެ ބައްދަލުވުމުން މަހާޒު އަދި އަޒްމިރަލްދާ ވެސް ވަކިކުރުމަށް ރިޕޯޓްގައި ހިމަނާފައިވާކަމަށް މައުލޫމާތު ލިބިފައިވެއެވެ.

މަހާޒުއާ އަޒްމިރަލްދާ ކުރިމިނަލް ކޯޓުގެ ގާޒީއިންނަށް ނުފޫޒު ފޯރުވި ކަމަށް ބުނާ މައްސަލައިގައި މަހާޒުގެ ފަރާތުން ހުށަހެޅި ދިފާއީ ހެކިންގެ ހެކި ބަސް ވެސް ނަގާފައިނުވާ ކަމަށް މައުލޫމާތު ލިބިފައިވެއެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved