theyra online
ހަބަރު
ސިޔާސީ
ވިޔަފާރި
ދުނިޔެ
ރިޕޯޓު
ވީޑިއޯ
ފޮޓޯ
Theme
Copyright © 2013-2025 Media Ring Pvt Ltd.
All rights reserved
ހިންގާ ރޭޑިއޯ އެންޑް ޓީވީ ސެމިނާރގެ ބައިވެރިން / މޯލްޑިވްސް ބްރޯޑްކާސްޓިންގ ކޮމިޝަން
ހަބަރު
ރޭޑިއޯ އެންޑް ޓީވީ ސެމިނާރގެ ބައިވެރިން ސެންޓްރަލް ޓީވީ ޓަވަރަށް ޒިޔާރަތްކޮށްފި
Hussain Nawaf
ހުސައިން ނަވާފް
21 އޭޕްރީލު 2025

ތަރައްޤީވަމުން އަންނަ ޤައުމުތަކުގެ ސީނިއަރ ޓެކްނިކަލް މެނޭޖްމަންޓަށް ހާއްސަކޮށް ހިންގާ ރޭޑިއޯ އެންޑް ޓީވީ ސެމިނާރގެ ބައިވެރިން ސެންޓްރަލް ޓީވީ ޓަވަރަށް ޒިޔާރަތްކޮށްފިއެވެ.

މޯލްޑިވްސް ބްރޯޑްކާސްޓިންގ ކޮމިޝަން ބްރޯޑްކޮމް އިން މިކަން ހާމަކޮށްވަނީ ސޯޝަލް މީޑިއާގައި ޕޯސްޓެއްކޮށްފައެވެ.

މީގެ އިތުރުން ޗައިނާގެ ބްރޯޑްކާސްޓިން ކާމިޔާބީތަކުގެ ރަމްޒެއްގެ ގޮތުގައި ހުރި އައިކޮނިކް ސްޓްރަކްޗާ އަކަށްވެސް ބައިވެރިން ޒިޔާރަތް ކުރިކަމަށް ބްރޯޑްކޮމް އިންވަނީ އެ ޕޯސްޓުގައި ފާހަގަކޮށްފައެވެ.

ހިންގާ ރޭޑިއޯ އެންޑް ޓީވީ ސެމިނާރގެ ބައިވެރިން

މި ޒިޔާރަތުން އޮބްޒަވޭޝަން ޑެކް އިން ބެއިޖިންގެ ޕެނޮރަމިކް މަންޒަރު ފެނުމާއި އެކު ރޭޑިއޯ އަދި ޓީވީ ސިގްނަލް ޓްރާންސްމިޝަންގައި ޓަވަރުގެ ދައުރުވެސް އެ ޒިޔާރަތުގައި ދައްކާލައިފައިވެއެވެ.

އަދި މިއީ ޓެކްނޮލޮޖީގެ ކުރިއެރުމާއި ސަގާފަތް އަގުވަޒަން ކުރުމާއެކު ތައުލީމީ އަދި އިންސްޕަޔަރ ކުރެވުނު ތަޖުރިބާއެއްގެ ގޮތުގައި ބްރޯޑްކޮމް އިން ސިފަކޮށްފައިވެއެވެ.

އަދި ބައިވެރިން ޗައިނާގެ ބޮޑު ފާރަށް ޒިޔާރަތް ކުރިކަންވެސް ފާހަގަކޮށްލެވެއެވެ.

ކޮމެންޓު
Copyright © 2013-2025 Media Ring Pvt Ltd.
All rights reserved