March 10, 2026
Advertisement
ޒަކާތް ދެއްކުމަށް ބަޔަކު  ކައުންޓަރު ކައިރީގައި
ޒަކާތް ދެއްކުމަށް ބަޔަކު ކައުންޓަރު ކައިރީގައި / އިސްލާމިކް މިނިސްޓްރީ

ފިތުރު ޒަކާތް ބަލައިގަންނަ ގަޑިތައް އާންމުކޮށްފި

Hussain Nawaf
ހުސައިން ނަވާފް
Feb 27, 2025, 08:55 PM

އޮންލައިންކޮށާއި ކައުންޓަރުތަކުން ފިތުރު ޒަކާތް ބަލައިގަންނަ ގަޑިތައް މިއަދު މޯލްޑިވްސް ޒަކާތު ހައުސިން އިއުލާނުކޮށްފިއެވެ.

Advertisement

ޒަކާތު ހައުސިން އިން މިކަން ހާމަކޮށްފައިވަނީ ނެރުނު ބަޔާނެއްގައެވެ.

އެ ބަޔާނުގައި އޮންލައިންކޮށް ޒަކާތް ބަލައިގަންނަން ހަމަޖެހިފައިވަނީ، ރޯދަމަހު ފުރަތަމަ ދުވަހުން ފެށިގެން ރޯދަމަހު 27ވަނަ ދުވަހުގެ ހެނދުނު 6:00 އާ ހަމައަށް ކަމަށް ފާހަގަކޮށްފައިވެއެވެ.

މިނިސްޓްރީން ބުނީ ބަނޑޭރިޕޭ އަދި ފަހިޕޭ މެދުވެރިކޮށް ރަމަޟާން މަހުގެ އެންމެ ފަހު ދުވަހާ ހަމައަށް ފިޠުރު ޒަކާތް ދެއްކޭނެކަމަށެވެ. އަދި އޭގެ އިތުރުން އުމުރުން ދުވަސްވެފައިވާ ފަރާތްތަކާއ،ި އޮންލައިންކޮށް ޒަކާތް ދެއްކުމަށް އަހުލުވެރިނޫން ފަރާތްތަކަށް ޚާއްސަކޮށް އިސްލާމީ
މަރުކަޒުގެ ޖަލްސާކުރާ މާލަމުގައި ޒަކާތް ބަލައިގަތުމުގެ އިންތިޒާމްތައް ހަމަޖައްސާފައި ވާނެކަމަށެވެ.

މީގެ އިތުރުން ދިރާގުގެ އެޕާއި ވެބްސައިޓާއި އުރީދުގެ އެމްފައިސާ އެޕްލިކޭޝަނާއި މޯލްޑިވްސް އިސްލާމިކު ބޭންކުގެ ފައިސާ މޮބައިލް އެކްސް އެޕްލިކޭޝަނާއި ބީއެމްއެލް މޯބައިލް އެޕްލިކޭޝަންގެ އިތުރުން ފަހިޕޭ އެޕްލިކޭޝަންގެ މެދުވެރިކޮށް އޮންލައިންކޮށް ޒަކާތް ބަލާގަންނާނެކަމަށްވެސް އެ ބަޔާނުގައި ފާހަގަކޮށްފައިވެއެވެ.

ރަމަޟާން މަހުގެ ފަހު 10އަކީ ސަރުކާރު ބަންދު ދުވަސްތަކަކަށްވުމުން ކައުންޓަރުން ޒަކާތް ބަލައިގަންނާނީ، ދޭއް މާޗުން 20 މާޗަށް، ރަސްމީ ބަންދުނޫން ކޮންމެ ދުވަހަކު 9:30 އިން 13:00އަށެވެ. އަދި 23 މާޗުން 30 މާޗަށް، ހުކުރު އަދި ހޮނިހިރު ދުވަސް ފިޔަވާ ކޮންމެ ދުވަހަކު 11:00 އިން 14:00އަށެވެ

މާލެ ސިޓީ ފިޔަވައި އެހެނިހެން ރަށްރަށުގައި ނަޤުދު ފައިސާއިން ފިޠުރުޒަކާތް ބަލައިގަތުމުގެ އިންތިޒާމު ހަމަޖައްސާނީ އެރަށެއްގެ ރަށު ނުވަތަ ސިޓީ ކައުންސިލުތަކުން ކަމަށްވެސް މިނިސްޓްރީންވަނީ ހާމަކޮށްފަ އެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved