ޒަކާތް ބަލައިގަންނަނީ / ރާއްޖެއެމްވީ
ހަބަރު
ފިތުރު ޒަކާތަށް 7.6 މިލިއަން ރުފިޔާ
Hussain Nawaf
ހުސައިން ނަވާފް
25 މާރިޗު 2025

ފިތުރު ޒަކާތަށް 7.6 މިލިއަން ރުފިޔާ ލިބުނު ކަމަށާއި އެއީ ފާއިތުވި ފަސް އަހަރު ތެރޭ އެންމެ ގިނައިން ޒަކާތް ބަލައިގަތް އަހަރު ކަމަށް ޒަކާތު ހައުސްއިން ހާމަކޮށްފިއެވެ.

މިކަން ހާމަކޮށް ޒަކާތު ހައުސްއިންވަނީ ވޭތުވެދިޔަ ފަސް އަހަރު ތެރޭ ރޯދަމަހުގެ ފުރަތަމަ ވިހި ދުވަހާއި މެދު ދިހަ ދުވަހުގެ ތެރޭގައި އެ ހައުސްގެ ކައުންޓަރުތަކުންނާއި އޮންލައިންކޮށް، ފިތުރު ޒަކާތް ބަލައިގަތް ތަފާސްހިސާބުތައް ހިއްސާކޮށްފައެވެ.

ރޯދައިގެ ފުރަތަމަ ވިހި ދުވަހުގެ ތެރޭ، ޖުމުލަ 7.6 މިލިއަން ރުފިޔާ ޒަކާތުގެ ގޮތުގައި ވަނީ ބަލައިގަނެފައެވެ. އެއީ ރޯދައިގެ މެދު ދިހައެއްގެ ތެރޭ ބަލައިގަތް 4.7 މިލިއަން ރުފިޔާ އަދި، ރޯދަމަހުގެ ފުރަތަމަ 10 ދުވަހު ޒަކާތުގެ ގޮތުގައި ބަލައިގަތް 2.91 މިލިއަން ރުފިޔާއެވެ.

މިމަހުގެ 23 އިން 30ގެ ނިޔަލަށް، ހުކުރު ހޮނިހިރު ދުވަސް ފިޔަވައި ކޮންމެ ދުވަހެއްގެ 11:00އިން މެންދުރު ފަހު 2:00އަށް ޒަކާތް ބަލައިގަންނާނެއެވެ.

ޒަކާތު ހައުސްއިން ވަނީ އޮންލައިންކޮށް ޒަކާތް ބަލައިގަންނަން ހަމަޖެހިފައިވަނީ، މިމަހުގެ 27 ވަނަ ދުވަސް ކަމަށްވާ، އަންނަ ހަފުތާގެ ބުރާސްފަތި ދުވަހުގެ ހެނދުނު 6:00 އާ ހަމައަށް ކަމަށް ބުނެފައެވެ.

ބަނޑޭރި ޕޭގެ އިތުރުން ދިރާގުގެ އެޕާއި ވެބްސައިޓާއި އުރީދުގެ އެމްފައިސާ އެޕްލިކޭޝަނާއި މޯލްޑިވްސް އިސްލާމިކު ބޭންކުގެ ފައިސާ މޮބައިލް އެކްސް އެޕްލިކޭޝަނާއި ބީއެމްއެލް މޯބައިލް އެޕްލިކޭޝަންގެ އިތުރުން ފަހިޕޭ އެޕްލިކޭޝަންގެ މެދުވެރިކޮށް އޮންލައިންކޮށް ޒަކާތް ބަލާގަންނާނެއެވެ.

ކޮމެންޓު
Copyright © 2013-2025 Media Ring Pvt Ltd.
All rights reserved