

ފިތުރު ޒަކާތަށް ލިބުނު ފައިސާއިން ބައި މިލިއަން ރުފިޔާ ފަލަސްތީނުގެ ގާޒާގެ ކުޑަކުދިންގެ ކާބޯތަކެއްޗަށް ހަދިޔާކުރަން އިސްރާ އެސޯސިއޭޝަނާއި ހަވާލުކޮށްފިއެވެ.
މިކަން ހާމަވެފައިވަނީ ޒަކާތު ހައުސްގެ ރަސްމީ އެކްސް އެކައުންޓުން ޕޯސްޓެއް ކުރުމާއި ގުޅިގެންނެވެ.
އެގޮތުން އެ ޕޯސްޓުގައި ޣައްޒާގައި ހާލުގައި ޖެހިފައިވާ ފަރާތްތަކަށް އެހީތެރިކަން ފޯރުކޮށްދިނުމަށްޓަކައި ފިޠުރު ޒަކާތުގެ ގޮތުގައި ލިބިފައިވާ ފައިސާއިން 5 ލައްކަ ރުފިޔާ އިސްރާ އެސޯސިއޭޝަން އާއި ހަވާލު ކުރިކަމަށް ހާމަކޮށްފައެވެ.
ޣައްޒާގައި ހާލުގައި ޖެހިފައިވާ ފަރާތްތަކަށް އެހީތެރިކަން ފޯރުކޮށްދިނުމަށްޓަކައި ފިޠުރު ޒަކާތުގެ ގޮތުގައި ލިބިފައިވާ ފައިސާއިން 500،000.00 ރުފިޔާއިސްރާ އެސޯސިއޭޝަންއާ ހަވަލުކުރުން.#RoadhaigeRoohu #zakathousemv #maldiveszakathouse pic.twitter.com/QfvTAnTsYO
— Maldives Zakat House (@ZakatHouseMv) March 29, 2025
ފަގީރުންގެ ދަފުތަރުގައިވާ ކޮންމެ ފަރުދަކަށް ޒަކާތުގެ ގޮތުގައި 4،500 ރުފިޔާ ވަނީ މިހާރު ޖަމާކޮށްދީފައެވެ. އަދި ގޮވާމުން މާލެ ސަރަހައްދުގެ ކޮންމެ ފަގީރަކަށް 15 ކިލޯ ދޫކޮށްފައިވާ ކަމަށްވެސް އިސްލާމިކް މިނިސްޓްރީންވަނީ މައުލޫމާތު ދީފައެވެ.
ސަރުކާރުން ވަނީ މި އަހަރުގެ ފިތުރު ޒަކާތް ފަގީރުންގެ ދަފްތަރުގައި ހިމެނޭ ހުރިހާ ފަރާތްތަކަށް އެއް ހަމައަކުން ބެހުމަށް ނިންމާފަ އެވެ.
އެގޮތަށް ޒަކާތް ބެހުމަށް ނިންމީ ޒަކާތުގެ މަގުސަދުގައި ހިމެނޭ އިޖުތިމާއީ އަދާލަތު ގާއިމުކުރުމުގެ ގޮތުން ކަމަށް އިސްލާމިކް މިނިސްޓަރު ޑރ މުހައްމަދު ޝަހީމް އަލީ ސައީދު ވަނީ ވިދާޅުވެފައެވެ.