March 10, 2026
Advertisement
ޒަކާތް ބަލައިގަންނަނީ
ޒަކާތް ބަލައިގަންނަނީ / ރާއްޖެއެމްވީ

މުދަލުގެ ޒަކާތުގެ ނިޞާބަށް ބަދަލު އައިސްފި

Mariyam Isaadha
މަރިޔަމް އިސާދާ
Aug 22, 2025, 09:27 PM
މާލެ ސިޓީ

ފައިސާއިން މުދަލު ޒަކާތް ނެރުން ވާޖިބުވާ ނިސާބަށް ބަދަލު އައިސްފައިވާ ކަމަށް ރާއްޖޭގެ ޒަކާތު ހައުސްއިން ހާމަކޮށްފިއެވެ.

Advertisement

ޒަކާތު ހައުސްއިން ކުރި އިއުލާނެއްގައި ބުނެފައި ވަނީ، ބުރާސްފަތި ދުވަހުން ފެށިގެން މުދަލު ޒަކާތް ވާޖިބުވާ ނިސާބަކީ 11،191.95 (އެގާރަހާސް އެއްސަތޭކަ ނުވަދިހަ އެއް ރުފިޔާ ނުވަދިހަ ފަސް ލާރި) ކަމަށް ހަމަޖައްސާފައިވާކަމަށެވެ.



މި އަދަދު ކަނޑައަޅާފައިވާއިރު އެންމެފަހުން ނިސާބަށް ބަދަލު ގެނެސްފައިވަނީ މި އަހަރުގެ އޭޕްރީލް 22 ގައެވެ. އެ ދުވަހު ކަނޑައެޅީ ނިސާބަކީ، 9264.15 (ނުވަހާސް ދުއިސައްތަ ފަސްދޮޅަސް ހަތަރު ރުފިޔާ ފަނަރަ ލާރި) ކަމަށެވެ.

ރާއްޖޭގައި ޒަކާތުގެ ނިސާބުގެ މިންވަރު ކަނޑައަޅަނީ ރިހީގެ އަގަށް ބަލައިގެންނެވެ. ރިހީގެ އަގަށް އަންނަ ބަދަލަކާ ގުޅިގެން ޒަކާތުގެ ގޮތުގައި ދައްކަން ޖެހޭ ދިވެހި ފައިސާގެ މިންވަރު ވެސް ބަދަލުވެގެންދެއެވެ.

ރަނާއި ރިހި ބާޒާރުގައި ލިބެން ހުންނަ އަގު ހާމަކުރަނީ ރާއްޖޭގެ ސެންޓްރަލް ބޭންކް (އެމްއެމްއޭ) އިންނެވެ. އެހެންކަމުން ދުނިޔޭގެ ބާޒާރުގައި ރަނާއި ރިހީގެ އަގަށް އަންނަ ބަދަލާއި ގުޅިގެން މުދަލު ޒަކާތް ވާޖިބުވާ ނިސާބަށް ބަދަލު ގެނެވެއެވެ.

މިލްކިއްޔާތުގައި ނިޞާބު ހަމަވާ މިންވަރަށް ފައިސާ ހުރެ، އެ ފައިސާ ހުންނަތާ ހިޖުރީ ގޮތުން އަހަރެއްވުމުން ޝަރުޢީ ހަމަތަކާ އެއްގޮތަށް އޭގެ ސާޅީސްބައި ކުޅަ އެއްބައި ނުވަތަ 2.5 އިންސައްތަ މުދަލު ޒަކާތުގެ ގޮތުގައި ނެރުމަކީ ވާޖިބެކެވެ.

ރާއްޖޭގައި ޒަކާތް ބަލައިގަންނާނީ ދައުލަތުގެ ޓެކްސް އިދާރާ މީރާއިންނެވެ. މީރާއަށް އޮންލައިންކޮށް ވެސް މުދަލު ޒަކާތް ދެއްކޭއިރު ކޮންމެ މީހަކުވެސް މުދަލުޒަކާތް ދައްކަން ޖެހޭ މިންވަރު މީރާގެ ވެބްސައިޓް މެދުވެރިކޮށް ބަލާލެވޭނެއެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved