April 18, 2026
Advertisement
އަހްމަދު މުހައްމަދު ވަހީދު (ވައްޑެ)
އަހްމަދު މުހައްމަދު ވަހީދު (ވައްޑެ) / ޗެނަލް 13 އިން ނަގާފައިވާ ސްކްރީން ޝޮޓްއެއް

ލިބިދޭ އިޚްތިޔާރާއި،ބާރު ނަހަމަގޮތުގައި ބޭނުންކުރުމަކީ އިންސެކުއާޑް ވެރިންގެ ސިފައެއް: ވައްޑެ

Mariyam Isaadha
މަރިޔަމް އިސާދާ
Apr 23, 2025, 03:03 AM
މާލެ ސިޓީ

ލިބިދޭ އިޚްތިޔާރާއި،ބާރު ނަހަމަގޮތުގައި ބޭނުންކުރުމަކީ އިންސެކުއާޑް ވެރިންގެ ސިފައެއް ކަމަށް ޕީއެންއެފްގެ އިސް ސަފުގައި މަސައްކަތްކުރައްވާ އަހުމަދު މުހައްމަދު ވަހީދު (ވައްޑެ) ވިދާޅުވެއްޖެއެވެ.

Advertisement

އިމިގްރޭޝަންސްގެ ކުރީގެ ކޮންޓްރޯލާ މުހައްމަދު ޝަމްއާން ވަހީދުގެ މައްޗަށް ކުރާ ތުހުމަތުތަކުގައި އޭނާގެ ތަހުގީގު ނިމެންދެން ބަންދުކޮށްފައިވާވުމަށް އިޝާރާތްކޮށް ވައްޑެ އެކްސްގައި ކުރި ޕޯސްޓެއްގައި ވިދާޅުވެފައިވަނީ، ޝައްމާން ހައްޔަރުކޮށް އަނިޔާވެރިވަނީ އެއްވެސް އަސާސެއްނެތް ކަމެއްގެ މައްޗަށެވެ. އެގޮތުން ޝަމްއާންގެ މައްޗަށް ކުރަނީ ކޮރަޕްޝަންގެ ތުހުމަތުކަމަށްވާއިރު އެކަމުގެ އެއްވެސް އެނގުމެއް ކޮރަޕްޝަން ބަލަން މަތިކޮށްފައިވާ މުއައްސަސާ އޭސީސީއަށް ނެތް ކަމާ ފުލުހުން އަމަލު ކުރަމުންދާ ދިއުމަކީ ސީދާ ހޯމް މިނިސްޓަރު އަލީ އިހުސާނު ނުފޫޒު ފޯރުވައިގެން އޭނާގެ އޯޑަރަށް ކުރަމުންދާ ކަންކަން މިއަދު ސާފުވެއްޖެ ކަމަށެވެ.

އެހެންނަމަވެސް އިހްސާންނަށް ވަޒީރުކަން ކުރަން ނޭގުމަކީ ޝަމްއާން ކުށްވެރިވާންޖެހޭ ސަބަބެއް ނޫން ކަމަށާ ވަޒީރަކަށް ލިބިދޭ އިޚްތިޔާރާއި، ބާރު ނަހަމަ ގޮތުގައި ނިކަމެތި ރައްޔިތުންގެ މައްޗަށް ހިންގުމަކީ އެންމެ ފިޑި، ރަނޑު އަދި ނާތަހުޒީބު ގުޑްގަވަރނެންސް ނޭގޭ އިންސެކުއާޑް ވެރިންގެ ސިފައެއް ކަމަށް ވައްޑެ ހާމަކޮށްފައިވެއެވެ.

ހަމައެހެންމެ ބާރުތައް އަބަދުމެ ދެމި ނޯންނާނެ ކަމަށާ ބާރުތައް މުށުތެރެއަށް ލައިގެން ހިތު ހުރިހާގޮތަކަށް ކަންކަން ކުރުމަކީ މުޖުތަމައުގެ އިތުބާރު ވުޒާރާއަށް ގެއްލޭކަމެއްކަން ވައްޑެ ފާހަގަކޮށްފައިވެއެވެ. އެހެންކަމުން މަގާމުގެ ޒިންމާ އިޚުޅާސްތެރިކަމާ އެކު އަދާ ނުކުރެވޭ ނަމަ އިސްތިއުފާދެއްވުމަށް ވައްޑެ ވަނީ ގޮވާލާފައެވެ.

މީގެ އިތުރުން އިހުސާނުގެ ޒާތީ މަސްލަހަތަށް ވުރެ ފެއްސާ، ރަތާއި ހުދުން ވިހުރޭ ދިދައިގެ ހިޔަލުގައި ދުސްތޫރީ ރައްކާތެރިކަމުގެ ހިޔާވަހިކަމުގައި އޮތް ދިވެހި މި ލޮބުވެތި ވަތަނުގެ މަސްލަހަތު މާބޮޑު ކަމަށްވެސް ވައްޑެ ވިދާޅުވެފައިވެއެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved