April 18, 2026
Advertisement
ކުރީގެ ރައީސް އަބްދުﷲ ޔާމީން
ކުރީގެ ރައީސް އަބްދުﷲ ޔާމީން / ރާއްޖެއެމްވީ

ލަތީބެ އަދި ބާރަށު މައިކަކީ ވަކި ޕާޓީ އެއް, ވަކި ފިކުރެއްގެ ފަހަތުގައި ތިބި ބައެއް ނޫން, އެއީ ލާރީގެ ފަހަތުން ދުވާ ބައެއް: ރައީސް ޔާމީން

Hussain Nawaf
ހުސައިން ނަވާފް
Apr 27, 2025, 02:58 AM

ދިއްދޫ ދާއިރާގެ މެމްބަރު އަބްދުލް ލަތީފް މުހައްމަދާއި ބާރަށު ދާއިރާގެ މެމްބަރު އިބްރާހިމް ޝުޖާއުފަދަ ބޭފުޅުންނަކީ ވަކި ޕާޓީ އެއް ނުވަތަ ވަކި ފިކުރެއްގެ ފަހަތުގައި ތިބި ބަޔަކު ނޫން ކަމާއި އެއީ ލާރީގެ ފަހަތުން ދުވާ ބައެއް ކަމަށް ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ވިދާޅުވެއްޖެއެވެ.

Advertisement

ރައީސް ޔާމީން މިފަދައިން ވިދާޅުވެފައިވަނީ ޕީޕަލްސް ނޭޝަނަލް ފްރަންޓް ޕީއެންއެފްގެ ފްރަންޓް އޮފީސް ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ.

އެގޮތުން މިފަދަ ބޭފުޅުންނަކީ ޕީޕީއެމް މީހުން ނޫން ކަމާއި އެއީ ޕީޕީއެމް ފަނި ކުރުމުގެ މަސައްކަތުގައި ރައީސް މައުމޫން އަބްދުލްގައްޔޫމާއި އެކު ދިޔަ ބައެއްކަމަށް ރައީސް ޔާމީން ފާހަގަ ކުރެއްވިއެވެ. އަދި ޕީޕީއެމާއި އަލުން ގުޅި ވަޑައިގެންނެވީ އެކަން ފެއިލް ވުމުންކަމަށް އެމަނިކުފާނު ތުހުމަތު ކުރެއްވިއެވެ.

މިއީ ވަކި ފިކުރެއްގައި އެނބުރޭ ބައެއް ނޫން. މި މީހުންގެ ފިކުރެއް ނުވެސް އޮންނާނެ. މިއީ އޭގެ ޒާތުގައި ޒުވާނުންނާ ވާހަކަ ދައްކަން، ތައުލީމީ މީހުންނާއި ވާހަކަ ދައްކަން ކުފޫ ހަމަ ނުވާ ބޭފުޅުން. އެކަމަކު ނިކަން އަޑު ވަރަށް ގަދަ ވާނެ ޕޯޑިއަމެއްގެ ފަހަތުގައި. ބާރަށު މައިކު ޕޯޑިއަމެއް ބޭނުމެއްވެސް ނުވޭ. އެޕާޓް ފްރޮމް ދެޓް އެއީ ބޭނުންތެރި ބައެއް ނޫން.

ރައީސް ޔާމީން

މިފަދަ ބޭފުުޅުންނަށް އޮތް ތާއީދަކާއި މެދު ރައީސް ޔާމީންވަނީ ސުވާލު އުފައްދަވާފައެވެ.

އަދި މިފަދަ ބޭފުޅުން ހިނގައި ދިޔަ ކަންކަން ހަނދައިން ނެތް ނަމަވެސް ރައްޔިތުންނަށް އެކަން ކަން ސާފުކަމަށް އެމަނިކުފާނުގެ ސްޕީޗުގައިވަނީ ފާހަގަ ކުރައްވާފައެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved