

ކޮމިޝަނާ އޮފް ޕޮލިސް އަލީ ޝުޖާއު އިސްތިއުފާ މިރޭ އިސްތިއުފާ ދެއްވުމާއި ގުޅިގެން "އިސްތިއުފާ ދެއްވި" ކުރީގެ ރައީސް މުހައްމަދު ނަޝީދު ޝުޖާއުއަށް މަރުހަބާ ދަންނަވައިފި އެވެ.
ޝުޖާއު ޕޮލިސް ކޮމިޝަނަރުގެ މަގާމުން އިސްތިއުފާ ދެއްވާފައި ވަނީ މިރެ އެވެ.
ޝުޖާއު އިސްތިއުފާ ދެއްވީ ހ. ފެންޓެނޯއީގޭގެ ނުވަވަނަ ފްލޯގެ ކުޑަދޮރަކުން މި މަހުގެ 18 ވަނަ ދުވަހުގެ ފަތިހުގެ ވަގުތެއްގައި ގ. ރަނައުރާގެއާގެ، ހައްވާ ޔުމްނު ރަޝީދު (21 އ) ވެއްޓި ބޮޑެތި އަނިޔާތަކެއް ލިބުނު މައްސަލައިގައި ފުލުހުން ދޮގު ހަދާ ކަމަށް ބުނެ މުޒާހަރާ ކުރަމުންދާ މީހުން ޝުޖާއުގެ އިސްތިއުފާއަށް ގޮވަމުން ދަނިކޮށެވެ.
އޭނާ އިސްތިއުފާ ދެއްވުމާއި ގުޅިގެން މަރުހަބާ ދަންނަވާ ނަޝީދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވަނީ، ކަމަކާ ޒިންމާނަގަން، ނުވަތަ އިތުރަށް މައްސަލަ ހޫނުވިޔަ ނުދިނުމަށް އިސްތިއުފާ ދިނުމަކީ އެންމެ ރިވެތި ޑިމޮކްރަޓިކް އުސޫލު ކަމަށެވެ.
އަދި އަބަދުވެސް އިސްކަންދޭން ޖެހޭނީ ރާއްޖޭގެ ރައްޔިތުންގެ ހެވާއި ލާބައަށް ކަމަށް ނަޝީދު ވަނީ ލިޔުއްވާފައެވެ.
ޝުޖާއު އިސްތިއުފާ ދެއްވުމާ ގުޅިގެން އެ މަގާމަށް ޑެޕިއުޓީ ކޮމިޝަނާ އޮފް ޕޮލިސް އިސްމައީލް ނަވީން ވަނީ ވަގުތީ ގޮތުން އައްޔަން ކުރައްވާފަ އެވެ.
ޝުޖާއު ޕޮލިސް ކޮމިޝަނަރުގެ މަގާމުން އިސްތިއުފާ ދެއްވުމުން ރައީސް ނަޝީދު ތައުރީފް ކުރެއްވިއިރު ނަޝީދު އަކީ އަމިއްލަ އަށް އިސްތިއުފާ ދެއްވުމުގައި ފިސާރި ފަރިތަ ބޭފުޅެކެވެ.
އެމްޑީޕީގެ ފުރަތަމަ ސަރުކާރު ވެއްޓުނީ 2012 ފެބްރުއަރީ ހަތެއްގައި އިދިކޮޅުން ކުރި މުޒާހަރާތަކަކާއި ފުލުހުންނާއި ސިފައިން ވެސް ސަރުކާރާ ދެކޮޅަށް ތެދުވެ، ހިންގި ކަންތައްތަކަށް ފަހު ކުއްލި ގޮތަކަށް ރައީސް ނަޝީދު އިސްތިއުފާ ދެއްވުމުންނެވެ.
އޭރު ވެރިކަން ވެއްޓުނީ ބަޣާވާތަކުން ކަމަށް ނަޝީދު ވިދާޅުވި ނަމަވެސް، އެ މައްސަލަ ބަލަން އެކުލަވައިލި ނެޝަނަލް އިންކުއަރީ ކޮމިޝަނުން ނިންމާފައި ވަނީ އެއީ ބަޣާވާތެއް ނޫން ކަމަށެވެ.
އޭގެފަހުން ރައްޔިތުން މަޖިލީހުގެ ރައީސްގެ މަގާމުގައި ހުންނަވަނިކޮށް ނަޝީދުގެ އިތުބާރު ނެތް ކަމުގެ މައްސަލައެއް އެމްޑީޕީން ހުށަހެޅުމުން، ދިގުދައްމައި މައްސަލަ ހުއްޓުވަން މަސައްކަތް ކުރެއްވުމަށް ފަހު އެ މަނިކުފާނު ވަނީ މަޖިލީހުގެ ރައީސްގެ މަގާމުން އަމިއްލަ އަށް އިސްތިއުފާ ދެއްވައިފަ އެވެ.