ރައީސް އަބްދުﷲ ޔާމީންއަށް އިންސާފު ހޯދައިދިނުމުގެ ނަމުގައި ކުރިން މަގުތައް މަތީ އަޑު ގަދަކުރެއްވީ އިހުލާސްތެރިކަމެއް ހުރެގެން ކަމުގައި ވަނީ ނަމަ މިހާރު އާރާ ބާރު މުށުތެރޭގައި އޮތްއިރު އެކަމަށް އަޑު އުފުލުމަށް ރައީސް ޔާމީންގެ ދޮށީ ދަރިކަލުން ޒޭން ޔާމީން ސަރުކާރުގެ ވެރިންނަށް ގޮވާލައްވައިފިއެވެ.
ޒޭން މިކަމަށް ގޮވާލެއްވީ ރައީސް ޔާމީންގެ އިސްތިުނާފު ހުކުމު ލަސްވަމުންދާ ދިއުމާ ގުޅިގެން ކަންބޮޑުވުންތަކާ އެކު ހައިކޯޓަށް އާދިއްތަ ދުވަހު ވަޑައިގެންނެވުމަށް ފަހު މީޑިޔާތަކާ ވާހަަކފުޅު ދައްކަވަމުންނެވެ.
ޒޭން ވިދާޅުވީ، ޖުޑީޝިއަރީއަށް އަތް ނުބާނާ ކަމަށް ބުނެވޭނެ ޖާގަ ނެތް ކަމަށަ އެއީ ފެންނަމުންދާ މަންޒަރުތަކުން ކަމަށެވެ. އެގޮތުން ވަކި ވަކި ބޭފުޅުންގެ ނަން ވިދާޅުވާން ބޭނުންފުޅު ނޫން ކަމަށާ ނަމަވެސް ސަރުކާރުގެ ވެރިންގެ އިޚްލާސްތެރިކަމެއް ނެތް ކަމަށް ޒޭން ވިދާޅުވިއެވެ.
ޒޭން ވިދާޅުވީ އިހުލާސްތެރިކަމެއް ހުރި ނަމަ އާރާ ބާރު މުށު ތެރޭގައި އޮތްއިރު ރައީސް ޔާމީންގެ ހައްގުގައި އަޑު އުފުލާނެ ކަމަށެވެ.
އެއްވެސް އިހްލާސްތެރިކަމެއް އިހުސާންތެރިކަމެއް އޮތް ކަމުގައި ވަނީނަމަ ސަރުކާރުން މިއަދު މަސައްކަތް ކޮށްދެއްވާނެ ދެއްތޯ ހުކުމާ ހަމައަށް ގޮސްފައި އޮތް މައްސަލައެއް ފައިނަލް އަޑުއެހުން ބާއްވާލަން. އަޅުގަޑެއް ނެތިން މިވެނި އެވެނި މީހެކޭ ނުފޫޒު ފޯރުވަނީ ދަންނަވާކަށް. އެއީ މި މައްސަލަ މިއޮތީ ވަރަށް ޚައްސާސް މަރުހަލާއެއްގައި ކަމުގައިވުމުން. ނަމަވެސް ރައީސް ޔާމީން މިނިވަންކުރުމަސް އަޑު އުފުލި ބަޔަކު ނަމަ އާރާ ބާރު މުށު ތެރޭގައި އޮތްއިރު އެކަމާ ވަކާލާތު ކުރާނެ އިހުލާސްތެރިކަމެއް ހުރި ނަމަ
ޒޭން މިފަދައިން ވިދާޅުވެފައިވާއިރު ރައީސް ޔާމީންގެ އިސްތިއުނާފުގެ އަޑުއެހުންތައް ނިމި ހުކުމާ ހަމައަށް ގޮސްފައި އޮންނަތާ ކިތަންމެ ދުވަހެކެވެ. ނަމަވެސް ހުކުމް ކުރާން މަޖިލީސް ތާވަލު ކުރާނެ ދުވަހެއް އަދިވެސް ނޭނގެ އެވެ. އެ ކަންބޮޑުވުންތައް ގިނަބަޔަކު ގެންދަނީ ފާޅުކުރަމުންނެވެ.