

09:26: ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމު އާ އެމަނިކުފާނުގެ ވަކީލުން ވަނީ އަޑު އެހުމަށް ކުރިމިނަލް ކޯޓަށް ވަޑައިގެންފައި. މި އަޑު އެހުމުގައި ދައުލަތުގެ ވަކީލުން ބައިވެރިވަނީ އޮންލައިން ކޮށް
09:26 މިއަދު ކުރިއަށް ދަނީ ރ. ފުއްގިރި ކުއްޔަށް ދޫކުރުމުގެ މުއާމަލާތާ ގުޅުވާ ނިމިދިޔަ ސަރުކާރުން ރައީސް ޔާމީން ފްރޭމުކޮށް އެމަނިކުފާނުގެ މައްޗަށް އުފުލާފައިވާ ސިޔާސީ ދައުވާގައި ދިފައީ ހެކިންގެ ހެކި ބަސް ނެގުން.
09:30: މިއަދުގެ އަޑު އެހުމުގައި ހެކި ބަސް ނެގުން ކުރިން ތާވަލް ކުރެވިފައި އޮތީ އަހުމަދު ކުރިކު ރިޒާ، އަބްދުﷲ ރަޝީދު، ޝުއާއުﷲ ސައީދު އަދި އަހުމަދު ނަރީޝުގެ
09:31: މައުލޫމާތު ލިބިފައިވާ ގޮތުގައި ދައުލަތުގެ މަތީ މަގާމުތަކެއް މިހާރު ތިބި ޝުއާއު އާ ނަރީޝް ވަނީ ހެކި ބަސް ދިނުމަށް އިއުތިރާޒުވެފައި
09:32: ޝަރީއަތް ފެށިއްޖެ.
09:35 ދައުލަތުން ހުށަހެޅި ސްރީލަންކާގެ މީހެއްގެ ހެކިބަސް ނަގަން ގިނަ ފުރުސަތު ތަކެއް ދެވި އެ ހެކި ބަސް ނުނެގި ވާތީ އެ ހެކި ބަސް ނުނަގާ ޝަރީއަތް ކުރިއަށް ގެންދަން ގާޒީ އަލީ ނަދީމު ނިންމަވައިފި
09:37: ރައީސް ޔާމީންގެ ފަރާތްޕުޅުން ވަނީ ސްރީލަންކާ މީހާގެ ފަރާތުން މިހާތަނަށް ނެގިފައިވާ ހެކި ބަސް އެމަނިކުފާނާ އެއްކޮޅަށް ބުރަދަން ހުރި ހެކިބަހެއް ކަމަށްވުމުން ހެކި ބަލައިގަންނަން ވަނީ އެދިވަޑައިގެންފައި. ދައުލަތުގައި ވެސް އެކަމުގައި އިއުތިރާޒެއް ނެތް.
09:39: އަހުމަދު ނަރީޝް އަދި ޝުއާއުﷲ ސައީދު ހެކި ބަސް ދޭން އިއުތިރާޒުވެފައިވީ ނަމަވެސް ހައްޔަރުކޮށްގެން ހެކި ބަސް ނަގަން ހާޒިރުކުރުމުގެ ފުރުސަތު އެބަ އޮތްކަން ގާޒީ ފާހަގަކުރައްވައިފި.
09:40: ދިފާއުން ވަނީ ހެކިބަސް ނެގުން ފަސްކުރަން އެދިފައި. ސަބަބަކީ ބައެއް ކަންކަން ވަރަށް ފަހުން ބައެއް ކަންކަން ހާމަވުން. އެގޮތުން އެއްކޮށް ކުރިއަށް ދިޔަ ޝަރީއަތުގައި ކުރިކު ރިޒާގެ ޝަރީއަތުގައި ތިބި ހެކިންގެ ތެރެއިން ރައީސް ޔާމީންއަށް ވެސް މުހިއްމު ހެކިން ތިބި އިރު ރިޒާގެ މައްޗަށް އުފުލި ދައުވާ އަނބުރާ ގެންދިއުމުގެ ފަހަތުގައި ވަންހަނާވެފައިވާ އެއްބަސްވުމެއް އޮތުން އެކށީގެންވާއިރު އެކަމުގެ ތަފްސީލު ދައުލަތުން ހާމަވެފައި ނެތުން.
09:42 ކުރިކު ރިޒާވެސް މިއަދު ބަލި ހާލަތު ހުރި ގޮތުން ކޯޓަށް ހާޒިރުވެފައި ނުވޭ.
09:43: ކުރިކު ރިޒާގެ ބައި އަނބުރާ ގެންދިޔައީ ދިފާއުން ހުށަހެޅި އޯޑިއޯއެއް ތަހުގީގުކުރުމަށް ޓަކައި ކަން ދައުލަތުން ބުނެފި. ފުލުހުންނާ އެކު ކުރިއަށް ގެންދިޔަ ތަހުލީލު ދައުލަތުގެ ލަފައާ އެއްގޮަތަށް ކުރިއަށް ނުގެންދެނޭވެނެކަން ފުލުހުން އަންގާފައިވަނީ 2023 ވަނަ އަހަރުގެ ފަހު ކޮޅު، އޭރު އެކަން ޖަސްޓިފައި ކޮށްދޭން ދައުލަތަށް ނެތުމުން ކަމަށް ވެސް ދައުލަތުން ވަނީ ބުނެފައި. ކުރިކު ރިޒާގެ މައްޗަށް ދައުވާ ނުއުފުލަން ނިންމާ ފައިލުކޮށްފައިވަނީ. (އޯޑިއޯއަކީ ކުރީގެ އޭސީ މުހައްމަދު ރިޔާޒުގެ އޯޑިއޯއެއް ކަމަށް ބެލެވޭ އޯޑިއޯ) އޯޑިއޯއަކީ މުހައްމަދު ރިޔާޒު ރައީސް ޔާމީން ފްރޭމުކުރަން ވަކި ގޮތަކަށް ހެކި ބަސްދޭން ކުރިކު ރިޒާއަށް ހުށަހެޅުންތަކެއް ހުށަހަޅާ އަޑު އިވޭ އޯޑިއޯ.
09:48: ދައުލަތުގެ ޚުލާސާއިން ސާފުނުވޭ ކުރިކު ރިޒާގެ މައްސަލަ އަނބުރާ ގެންދިޔަ ސަބަބު.
09:49: ދައުލަތުން ކޯޓަށް ހާޒިރުނުވާތީ ދިފާއުން އިއުތިރާޒުކޮށްފި. ގާޒީ ނިންމެވީ ދިފާއުއަށް ވެސް އޮންލައިންކޮށް ފުރުސަތުދޭން. ރައީސް ޔާމީން ވަނީ ޕްރެޖިޑެންސް އޭގެ ސަބަބުން ކުރިމަތިވާ ކަމަށް ފާހަގަކުރައްވާފައި. އެހެންކަމުން ވިޓްނަސްގެ ކަންކަންކުރިއަށްދާއިރު އޮންލައިންކޮށް ކުރިއަށް ގެންދަން ރައީސް ޔާމީންގެ އިއުތިރާޒު ހުށަހެޅުއްވި.
09:53: ދައުލަތުންވެސް ކޯޓަށް ހާޒިރުވެގެން ކުރިއަށް ގެންދަން ރައީސް ޔާމީންގެ ފަރާތްޕުޅުން އެދިވަޑައިގެންފި. ޕީޖީ އޮފީހުގައި ތިބެގެން ދައުލަތުގެ ވަކީލުން ބައިވެރިވުމަކީ އެކި ކަންކަން ދައުލަތަށް ފަހިވެގެން ޝަރީއަތުގެ ކަންކަމުގައި ފަހިވެގެން ދާނެ ކަމެއްކަން ރައީސް ޔާމީންގެ ވަކީލު ހަމްޒާ ލަތީފު ފާހަގަކުރައްވާފައިވޭ.
09:55: އަބްދުﷲ ރަޝީދު ހެކި ބަސް ދޭން ހާޒިރުވީ ނަމަވެސް ރައީސް ޔާމީންގެ ފަރާތްޕުޅުން އެދިވަޑައިގެންެނެވި އެދިވަޑައިގަތުމާ އެއްގޮަތަށް ހުރިހާ ފަރާތްތައްވެސް އެއް ހާޒިރެއްގައި ހެކި ބަސް ނެގުން ކުރިއަށް ގެންދިއުމަށް އެހެން ދުވަހަކަށް އަޑު އެހުން ތާވަލްކުރަން ގާޒީ ނިންމަވައިފި.
09:57: ސަން އިންވެސްޓުމަންޓުގެ މައްސަލަ ވަކިން ކުރިއަށް ގެންދާއިރު ރައީސް ޔާމީންގެ ފަރާތްޕުޅުން ކޯޓަށް ހާޒިރުވާން ނުޖެހޭނެ ކަމަށް ގާޒީ ހާމަކުރެއްވި.
09:58 ސަން އިން ހުށަހަޅާ ހެކިން ކްރޮސް އެގްޒިމޭން ނުކުރެވޭނެ، ރައީސް ޔާމީންގެ މައްސަލައާ އެ ހެކިންނާ ގުޅުމެއް ނެތުމުން.
09:59: މެއި މަހުގެ 26 ވަނަ ދުވަހުގެ 13:00އަށް މި މައްސަލައިގެ އަޑު އެހުމެއް ތާވަލްކޮށް މިއަދުގެ އަޑު އެހުން ގާޒީ އަލީ ނަދީމް ވަނީ ނިންމަވާލައްވާފައި. އެ ދުވަހު ދިފާއީ ހެކިންގެ ހެކި ބަސް ނަގާ ނިންމާފައި ޖޫން މަހުގެ 17 ވަނަ ދުވަހަށް ހެކިންނާ ގުޅޭ ގޮތުން ވާހަކަ ދެއްކުމަށް އަޑު އެހުމެއް ތާވަލްކުރުމަށް ގާޒީ ވަނީ ނިންމަވާފައި. ޚުލާސާ ބަޔާން އިއްވަން ޖޫން 23ގައި ބާއްވަން ގާޒީ ނިންމެވި ނަމަވެސް ރައީށް ޔާމީންގެ އިސް ވަކީލު ޑރ ޖަމީލު ވަނީ ޖުލައި މަހަށް ޚުލާސާ ބަޔާން އިއްވަން ތާވަލްކުރުމަށް އެދިވަޑައިގެންފައި. ފަސް ދުވަސް އެއީ ޚުލާސާ ބަޔާން އިއްވަން ހެކިންގެ ހެކިބަހަށް ފަހު މާ އަވަސް މުއްދަތެއް ކަމަށް ވަކީލު ހަމްޒާ އެދިވަޑައިގެންފައިވޭ. އެހެންކަމުން ޖުލައި މަހުގެ 20 ވަނަ ދުވަހުގެ 09:00 އަށް ތާވަލްކޮށް ގާޒީ ނަދީމު ވަނީ އަޑު އެހުން ނިންމަވާލައްވާފައި. ކުރިކު ރިޒާގެ ފަރާތުން ކުރިން ހުށަހެޅި އޯޑިއޯ ރައީސް ޔާމީންގެ ފަރާތްޕުޅުން ހުށަހަޅަން ގަސްތުކުރާ ކަމަށް ވަކީލު ހަމްޒާ ވިދާޅުވެފައިވޭ.