

މައްކާ ރޫޓް އިނީޝިއޭޓިވްގައި ރާއްޖެ ހިމަނައިދިނުމަށް އެދިއްޖެ އެވެ.
މައްކާ ރޫޓް އިނީޝިއޭޓިވްގައި ހިމެނުމުން ދިވެހި ޙައްޖުވެރިން ސައުދީގެ ޖިއްދާ އެއާޕޯޓްގައި މަޑުކުރަން ނުޖެހި، ފައިބާ ގޮތަށް ހޮޓަލަށް ދެވޭނެ އެވެ. އަދި ހައްޖުވެރިން އަމިއްލަ ގައުމުން ފުރާނީ ސައުދީ އެއާޕޯޓްގައި ކުރަންޖެހޭ ކަންކަން ވެސް ކޮށްގެންނެވެ.
މިހާތަނަށް މައްކާ ރޫޓް އިނީޝިއޭޓިވުން ފުރުސަތު ދީފައި ވަނީ 7 ގައުމަކަށެވެ. އެއީ މެލޭޝިއާ، މޮރޮކޯ، އިންޑޮނީޝިއާ، ޕާކިސްތާން، ބަންގްލަދޭޝް، ތުރުކީ އަދި ކޮޓްޑިވްއާ އެވެ.
އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމު އަލީ ސައީދު ވިދާޅުވީ މައްކާ ރޫޓް އިނީޝިއޭޓިވްގައި ރާއްޖެ ހިމަނައިދިނުމަށް ދިވެހި ސަރުކާރުން އެދިފައިވާނެ ކަމަށެވެ.