

ނިމި ދިޔަ ސަރުކާރުން ރައީސް އަބްދުﷲ ޔާމީން ފްރޭމުކޮށް އުފުލި ދައުވާތަކުގެ ތެރެއިން، ރ. ފުއްގިރި ކުއްޔަށް ދޫކުރުމުގެ މުއާމަލަތާ ގުޅިގެން އުފުލި ސިޔާސީ ދައުވާގެ އަޑު އެހުމެއް މެއި މަހުގެ 26 ވަނަ ދުވަހަށް ތާވަލްކޮށްފިއެވެ.
މިއަދު ބޭއްވި އަޑު އެހުމުގައި ހެކި ބަސް ނަގަން ތާވަލްކޮށްގައި އޮތް ނަމަވެސް އެއްވެއް ހެއްކެއްގެ ހެކި ބަސް ނަގާފައި ނުވެއެވެ. އެގޮތުން އަހުމަދު ކުރިކު ރިޒާ މިއަދު ބަލިވުމުގެ ސަބަބުން ކޯޓަށް ހާޒިރުވެފައި ނުވާއިރު، އަހުމަދު ނަރީޝުއާ ޝުއާއުﷲ ސައީދު ވަނީ މި މައްސަލައިގައި ހެކި ބަސް ދޭން އިންކާރުކުރާކަން ސިޓީއަކުން ކުރިމިނަލް ކޯޓަށް އަންގާފައެވެ. އަދި އަބްދުﷲ ރަޝީދު މިއަދު ކޯޓަށް ހާޒިރުވި ނަމަވެސް އޭނާގެ ހެކި ބަސްނެގުން ގާޒީ ފަސްކުރެއްވިއެވެ.
އެގޮތުން މިހާރު ފުއްގިރި މައްސަލައިގައި ކުރިއަށްދާ އަޑުއެހުންތަކުގައި ދައުލަތުން ކޯޓަށް ހާޒިރުނުވާތީ ދިފާއުން އިއުތިރާޒުކޮށްފައިވެއެވެ. އެ އިއުތިރާޒާއެކު ގާޒީ އަލީ ނަދީމް ނިންމެވީ ދިފާއުއަށް ވެސް އޮންލައިންކޮށް ފުރުސަތުދޭން ނަމަވެސް ރައީސް ޔާމީން ވަނީ ޕްރެޖިޑެންސް އޭގެ ސަބަބުން ކުރިމަތިވާ ކަމަށް ފާހަގަކުރައްވާފައެވެ. އެހެންކަމުން ވިޓްނަސްގެ ކަންކަންކުރިއަށްދާއިރު އޮންލައިންކޮށް ކުރިއަށް ގެންދަން ރައީސް ޔާމީންގެ އިއުތިރާޒު ހުށަހެޅުއްވިއެވެ.
އުލަތުންވެސް ކޯޓަށް ހާޒިރުވެގެން ކުރިއަށް ގެންދަން ރައީސް ޔާމީންގެ ފަރާތްޕުޅުން އެދިވަޑައިގެން ވިދާޅުވެފައިވަނީ ޕީޖީ އޮފީހުގައި ތިބެގެން ދައުލަތުގެ ވަކީލުން ބައިވެރިވުމަކީ އެކި ކަންކަން ދައުލަތަށް ފަހިވެގެން ދާނެ ކަމެއްކަމަށެވެ.
އެއާއެކު ގާޒީ ވަނީ ދެ ފަރާތުގެ ވެސް ހަމަހަމަކަން ދެމެހެއްޓުމަށް ހެކި ބަސް ނަގަން ހެކިވެރިން ހާޒިރުކުރާއިރު ހުރިހާ ފަރާތަކުންވެސް ކޯޓަށް ހާޒިރުވެގެން ހެކި ބަސް ނެގުމުގެ ކަންކަން ކުރިއަށް ގެންދިއުމަށް ނިންމަވާ މެއި މަހުގެ 26 ވަނަ ދުވަހުގެ 13:00އަށް މި މައްސަލައިގެ އަޑު އެހުމެއް ތާވަލްކޮށް މިއަދުގެ އަޑު އެހުން ނިންމަވާލައްވާފައެވެ. އެ ދުވަހު ދިފާއީ ހެކިންގެ ހެކި ބަސް ނަގާ ނިންމުމަށް ފަހު ޖޫން މަނިންމެވިއެވެ. އަދި ޚުލާސާ ބަޔާން އިއްވަން ޖުލައި މަހުގެ 20 ވަނަ ދުވަހުގެ 09:00 އަށް ތާވަލްކޮށްފައިވެއެވެ.