May 3, 2026
Advertisement
ޕީއެންފް ގެ ފަރާތުން މަޖިލާހަށް ވާދަކުރައްވާ ކެންޑިޑޭޓުންގެ ފޯމު އިލެކްޝަންސް ކޮމިޝަންއާއި ހުށައެޅުން
ޕީއެންފް ގެ ފަރާތުން މަޖިލާހަށް ވާދަކުރައްވާ ކެންޑިޑޭޓުންގެ ފޯމު އިލެކްޝަންސް ކޮމިޝަންއާއި ހުށައެޅުން / މިސްބާހް | ތޭރަ އިމޭޖްސް

ރައީސް ޔާމީނަށް އަނިޔާ ކުރާ ބަޔަކަށް ތާއީދެއް ނޯންނާނެ: ޑރ. ޖަމީލް

Aishath Naja
އައިޝަތު ނަޖާ
Feb 17, 2024, 05:42 PM
މާލެ ސިޓީ

ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް މިނިވަން ނުކޮށް، އަނިޔާ ކުރާ ބަޔަކަށް ތާއީދެއް ނޯންނާނެ ކަމަށް އެމަނިކުފާނުގެ އިސް ގާނޫނީ ވަކީލް އަދި ކުރީގެ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލް އަހްމަދު ވިދާޅުވެއްޖެއެވެ.

Advertisement

ޑރ.ޖަމީލް މިފަދައިން ވިދާޅުވީ ފޭސްބުކްގައި ކުރި ޕޯސްޓެއްގައެވެ.

އެގޮތުން ޑރ. ޖަމީލް ވިދާޅުވީ އުފަން ރަށް ފުވައްމުލަކަކީ ފަހުރުވެރި ތާރީހެއް އޮތް ތަނެއް ކަމަށާއި އެއީ ރާއްޖޭގެ ސިޔާސީ ހަޔާތުގައި މުހިއްމު ތަނެއް ކަމަށެވެ.

އަދި ރައީސް ޔާމީނަށް އިންސާފު ހޯދައި ދިނުމަށް މަސައްކަތް ފެއްޓެވީ ފިސާރި ސާބިތުކަމާ އެކުގައި ކަމަށްވެސް ޑރ.ޖަމީލް ވަނީ ޕޯސްޓްގައި ފާހަގަކުރައްވާފައެވެ.

އޭގެއިތުރުންވެސް ޑރ. ޖަމީލް ވަނީ މިއަދު އައިސްފައި ތިބި ހިސާބަށް މި ފިކުރަށް އާދެވުނީ ރައީސް ޔާމީންގެ މަތިވެރި ގުރުބާނީގެ ސަބަބުން ކަމަށް ވިދާޅުވެ ރައީސް ޔާމީނަށް ތައުރީފް ކުރައްވާފައެވެ.

އަދި އެމަނިކުފާނަށް މިއަދުގެ ސަރުކާރުން ދޯކާ ދީފައިވާކަމަށާއި އިސްތިއުނާފް ހިފަހައްޓާފައިވާ ގޮތް ފެނިވަޑައިގަންނަވާ ކަމަށް ވެސް ޑރ.ޖަމީލް ވިދާޅުވިއެވެ.

ޑރ.ޖަމީލް ވަނީ ސަރުކާރުން ރައީސް ޔާމީނަށް ކުރައްވަމުން ގެންދަވާ އަނިޔާ ފާހަގަކޮށް ފާޑުކިޔުން އަމާޒުކުރައްވާފައެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved