March 28, 2026
Advertisement
ރައީސް ޔާމީން
ރައީސް ޔާމީން / ޕީޕީއެމް

ބަރު ހަތިޔާރު ގަންނަ ބޭނުން އޮންނަން ވާނީ ދިމްޔާތުގެ އެތެރެ ކޮއިލުގައި ސިއްރުކޮށްފައި ނޫން: ރައީސް ޔާމީން

Mariyam Isaadha
މަރިޔަމް އިސާދާ
May 2, 2025, 12:51 AM
މާލެ ސިޓީ

ދިވެހި އަސްކަރިއްޔާއަށް ބަރު ހަތިޔާރު ގަންނަ ބޭނުން އޮންނަން ވާނީ ދިމްޔާތުގެ އެތެރެ ކޮއިލުގައި ސިއްރުކޮށްފައި ނޫން ކަމަށް ރައީސް އަބްދުﷲ ޔާމީން ވިދާޅުވެއްޖެއެވެ.

Advertisement

ރައީސް ޔާމީން މިފަދައިން ވިދާޅުވީ އަސްކަރިއްޔާއަށް ގަންނަމުންދާ ހަތިޔާރުތަކުގެ ބޭނުން ރައްޔިތުންނަށް ސާފުކޮށްދޭން ނުޖެހޭނެ ކަމަށް ދޭހަވާ ފަދަ މޭރުމަކުން ޑިފެންސްއާ އަދި ސަރުކާރުގެ ބައެއް އިސްވެރިންވެސް ވާހަކަދައްކަމުން ގެންދާ ދަނޑިވަޅެއްގައި އެކަމަށް ރައްދު ދެއްވާ ޕީއެންއެފް ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ.

ރައީސް ޔާމީން ވިދާޅުވީ އަސްކަރިއްޔާއަށް ބަރު ހަތިޔާރު ގެނައުމަކީ މައްސަލައެއް ނޫން ކަމަށް ބައެއް ބޭފުޅުން ވިދާޅުވަމުން ގެންދެވި ނަމަވެސް އެމަނިކުފާނަށް އެއީ މައްސަލައެއް ކަމަށެވެ. އެގޮތުން އެމަނިކުފާނަށް މައްސަލައަކަށް ވަނީ ހަތިޔާރު ގަންނަ ބޭނުން ރައްޔިތުންނަށް އޮޅުން ފިލުވައި ނުދިނުން ކަމަށް ރައީސް ޔާމީން ވިދާޅުވެފައެވެ.

އެގޮތުން އެމަނިފާނު ވިދާޅުވީ ގައުމުގައި ހަނގުރާމައަކަށް ތައްޔާރުވާ ނަމަ އަދި ހަނގުރާމައެއް ފަށާނަމަ ރައްޔިތުންގެ މަޖިލީހުގެ ހުއްދަ އެކަމަށް ނަގަން ޖެހޭނެ ކަމަށާ އަދި އެއީ ރައްޔިތުންނަށް އެއްވެސް އޮޅުވާލުމަކާ ނުލާ ސާފުކޮށް ބަޔާން ކޮށްދޭން ޖެހޭނެ ކަމެއް ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

ރައީސް ޔާމީން ވިދާޅުވީ ބޭސް ލިބުންފަދަ ރައްޔިތުންނަށް ބޭނުންވާ އެންމެ އަސާސީ ހިދުމަތްތައް ނުލިބި ތިއްބާ މިސެއިލާ ޓޭންކަރާ ތަކެތި ގެނައުމަކީ ކަންބޮޑުވެވަޑައިގަންނަވާ ކަމެއް ކަމަށެވެ.

ހަތިޔާރު މި ވަގުތާ ދިމާކޮށް ގަތްގަތުމާ އެއްވަރަށް އަޅުގަޑަށް ކަންބޮޑުވޭ އެ ހަތިޔާރު ގަތް ބޭނުން ރައްޔިތުންނަށް އޮޅުންފިލުވައި ނުދޭތީވެސް. ރައްޔިތުންނަށް ސަރުކާރުން އެކަންކަން އޮޅުން ފިލުވައިދޭން ޖެހޭނެ. ބަރު ހަތިޔާރު ގަންނަ ބޭނުން އޮންނަން ވާނީ ދިމްޔާތުގެ އެތެރެ ކޮއިލުގައި ސިއްރުކޮށްފައި ނޫން

ރައީސް ޔާމީން

ރައީސް ޔާމީން ވަނީ ގައުމުގެ ގިނަ ކަންކަން މިއަދު ބޮއްސުން ލާފައިވާއިރު ވެސް ގިނަ ލީޑަރުން ބަހެއް ނުބުނެ ތިބޭ ތިބުމާ މެދު ކަންބޮޑުވުން ފާޅުކުރައްވާފައެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved