May 18, 2026
Advertisement
-
- / ސޯޝަލް މީޑިއާ

މަހުދީ ފެނުނީ ހޭނެތިފައި އޮއްވާ!

Aiminath Sarah
އައިމިނަތް ސާރާ
May 16, 2026, 11:00 PM
މާލެ ސިޓީ

އިޓަލީގެ ހަތަރު ޑައިވަރުން ހޯދުމަށް މިއަދު ކުރިއަށް ގެންދިޔަ ނުރައްކާތެރި އޮޕަރޭޝަންގައި ބައިވެރިވި  ސްޓާފް ސާޖަންޓް މުހައްމަދު މަހުދީ ނެތްކަން އެނގުނީ  ސިފައިންގެ ޑައިވަރުން ފެނުން މައްޗަށް އެރި އިރު، ކަމަށް ސަރުކާރުން ބުނެފިއެވެ. މި ހާދިސާގައި މަހުދީ ވަނީ ނިޔާވެފައެވެ.

Advertisement

ބީބީސީއަށް ދެއްވި އިންޓަވިއުއެއްގައި ސަރުކާރުގެ އިސް ތަރުޖަމާން މުހައްމަދު ހުސެން ޝަރީފް (މުންދު) ވިދާޅުވީ، މިއަދުގެ އޮޕަރޭޝަނުގައި ޖުމްލަ އަށް ޑައިވަރުން ބައިވެރިވި ކަމަށެވެ. "މިއަދު ފީނަން ފޭބި އަށް ޑައިވަރުން. އެ މީހުން މައްޗަށް އެރި ފަހުން އެނގުނީ މަހުދީ މައްޗަށް ނާރާކަން،" މުންދު ވިދާޅުވި ކަމަށް ބީބީސީން ރިޕޯޓުކޮށްފައިވެއެވެ.

މަހުދީ ފެންމައްޗަށް ނާރާކަން އެނގުމާއެކު، އޭނާ ހޯދުމަށް ޑައިވަރުން ވަގުތުން އަލުން އަޑިއަށް ދިޔަ ކަމަށާއި، އެ ވަގުތު މަހުދީ އޮތީ ހޭނެތިފައި ކަމަށް މުންދު ވިދާޅުވިއެވެ. މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް) އިން ބުނި ގޮތުގައި އުމުރުން 44 އަހަރުގެ މަހުދީ ނިޔާވީ އޭޑީކޭ ހޮސްޕިޓަލަށް ގެންގޮސް ފަރުވާދެމުން ދަނިކޮށް ކަމަށެވެ.

މިދިޔަ ބުރާސްފަތި ދުވަހު އިޓަލީގެ ފަސް ޑައިވަރުން މަރުވީ ކަނޑުގެ 60 މީޓަރު އަޑީގައިވާ ހޮހޮޅައެއްގެ ތެރޭގައެވެ. ދިވެހި ކޯސްޓްގާޑު ޑައިވަރުން އާންމުކޮށް 50 މީޓަރާ ހަމައަށް ފީނުމަށް ތަމްރީންވެފައި ތިބި ނަމަވެސް، މި ހޮހޮޅައިގެ ދޮރު ހުންނަނީ 55 އާއި 60 މީޓަރާ ދެމެދުގެ ފުން މިނެއްގައެވެ. ސިފައިންގެ އިސްވެރިއަކު ވިދާޅުވި ގޮތުގައި އެކަށީގެންވާ ސާމާނު ނެތުމުން ސިފައިން މި މަސައްކަތް ކުރަނީ ވަރަށް ބޮޑު ރިސްކެއްގައެވެ.

މަހުދީގެ ޖަނާޒާސިފައިންގެ ރަސްމީ އިއްޒަތުގައި މިރޭ 10:00 ގައި އިސްލާމީ މަރުކަޒުގައި ދަނީ ކުރިއަށް ގެންދަމުންނެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved