March 26, 2026
Advertisement
ރައީސް ޔާމީން ޕީއެންއެފް ޖަލްސާގައި
ރައީސް ޔާމީން ޕީއެންއެފް ޖަލްސާގައި / ތޭރަ އޮންލައިން

ދެވަނަ ދައުރެއް ހޯދަން އުޅެނީ ޓާޝަރީ ފެންވަރުގައި އިތުރަށް ވައްކަން ކުރާނެ ދައުރެއް ހޯދަން: ރައީސް ޔާމީން

Mariyam Isaadha
މަރިޔަމް އިސާދާ
May 2, 2025, 02:41 AM
މާލެ ސިޓީ

ރައީސް ޑރ މުހައްމަދު މުއިއްޒު ދެވަނަ ދައުރެއް ހޯދަން އުޅުއްވަނީ މި ދައުރުގައި ކުރެވޭނެ ވައްކަން މަދުވެ އިތުރަށް ރައްޔިތުންގެ ފައިސާއިންނާ މުދަލުން ވައްކަން ކުރުމުގެ ނިޔަތުގައި ކަމަށް ރައީސް އަބްދުﷲ ޔާމީން ވިދާޅުވެއްޖެއެވެ.

Advertisement

ޕީއެންއެފުން ބުރާސްފަތި ދުވަހުގެ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް ޔާމީންވަނީ އެ ޖަލްސާގައި ސްޕީކަރގެ ވާހަކައިގައި ރައީސް މުއިއްޒު ގެންދަވޏި ދެވަނަ ދައުރެއް ހޯދަން ވަރަށް ގިނަ ދޮގު ހަދަމުންކަން ވިދާޅުވެފައިވާތީ އެކަމަށް އިޝާރާތްކުރައްވާ ވާހަކަފުޅު ދައްކަވާފައެވެ.

އެ ވާހަކަތަކަށް ވާހަކަފުޅު ދައްކަވަމުން ރައީސް ޔާމީން ވިދާޅުވީ، ދެ ވަނަ ދައުރެއް ހޯދުން ނޫން ގޮތެއް ރައީސް މުއިއްޒުއާ އަދި ސަރުކާރުގެ ވެރިންނަށް ނެތް ކަމަށެވެ. އެމަނިކުފާނު ވިދާޅުވި ގޮތުގައި ސަރުކާރުގެ ތެރެއިން މިހާރުވެސް ބިޔަ ބޮޑެތި ވައްކަންތައް ކުރަމުން ގެންދާއިރު އެ ބޭފުޅުން ނޫން ބަޔަކު ދެން ވެރިކަމަށް އައިސްފި ނަމަ އެ ބޭފުޅުންގެ މައްސަލަ ބަލާ ޖަލު ކުޑަ ގޮޅި ނޫން ތަނެއް އެ ބޭފުޅުންނަށް ނޯންނާނެ ކަން ހުދު އެބޭފުޅުންނަށް ވެސް އެނގިވަޑައިގަންނަވާތީ ކަމަސް ރައީސް ޔާމީން ވިދާޅުވިއެވެ.

ދެވަނަ ދައުރެއް ރައީސް މުއިއްޒަށް ނުލިބިއްޖެ ނަމަ ހުރި ޖަލުތައް މަދުވާނެ މިހާރުގެ ވެރިން ލާން. އެކަން މި މީހުންނަށްވެސް އެނގޭ. ދެން އޮތް ގަތަކީ މިހާރު ކުރެވުނު ވައްކަން މަދުކަމން ޖީބަށް ލެވުނު މިންވަރު މަދު ކަމުން ދެވަނަ ދައުރެއް ހޯދަން އުޅެނީ ޓާޝަރީ ފެންވަރުގައި އިތުރަށް ވައްކަން ކުރާނެ ދައުރެއް ހޯދަން.

ރައީސް ޔާމީން

ގައުމުގައި ހިނގަމުންދާ ގޮތް ނޭނގޭ މަރުތައް ސަރުކާރުގެ ވެރިންނަށް ބޮޑުކަމަކަށް ނުވާތީ ރައީސް ޔާމީންގެ ވާހަކަފުޅުގައި ކަންބޮޑުވުން ފާޅުކުރައްވާފައިވެސް ވެއެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved